ads
ޓައިޓަންގެ ބައިތައް ކަނޑު އަޑިން ނަގަނީ
އިންސާނުންގެ ހަށިގަނޑުގެ ބައިތަކަކާއެކު ޓައިޓަންގެ ބައިތައް ނަގައިފި
މީގެ 111 އަހަރު ކުރިން ކަނޑު އަޑިއަށް ދިޔަ "ޓައިޓޭނިކް" ބަލަން ގޮސް އުޅެނިކޮށް ގޮވި 'ޓައިޓަން' ގެ ނަމުން ނަންދީފައިވާ ސަބުމެރީން ގެ ބައެއް ބައެއްތައް ނެގި އިރު އިންސާނުގެ ހަށިގަނޑުގެ ބައިތައް ވެސް ނަގައިފިއެވެ.

އެމެރިކާގެ ކޯސްޓްގާޑުން ޖޫން 28 ވީ ބުދަ ދުވަހު އިއުލާން ކުރި ގޮތުގައި 'ޓައިޓަން' ސަބްމާސިބަލްގެ ބައިތަކުގެ ކޮތަޅުތަކުގެ ތެރެއިން "އިންސާނުންގެ ހަށިގަނޑު ކަމަށް ބެލެވޭ" ތަކެތި ހޯދާފައިވާ ކަމަށެވެ.

"އެ ބައިތައް ފެނިފައިވަނީ ސަބްގެ ކެބިން އިން.  ކެބިން ވަނީ ގޮވުމުގެ ތެރޭގައި ފުނޑުފުނޑުވެފަ. ކޯސްޓްގާޑުން ބުނެފައިވަނީ، އެމެރިކާގެ ބަނދަރަކަށް ގެންގޮސް، ރަސްމީކޮށް އެއީ އިންސާނުންގެ ބައިތަކެއްތޯ ދެނެގަނެވޭނެ،"

"ޓައިޓަން " ގޮވީ މި އަހަރުގެ ޖޫން މަހުގެ 18 ވަނަ ދުވަހު 1912 ވަނަ އަހަރުގެ އޭޕްރީލް 15 ވަނަ ދުވަހު ކަނޑު އަޑިއަށް ދިޔަ "ޓައިޓޭނިކް" ބޯޓު ކަނޑު އަޑިއަށް ގޮސްފައިވާ ސަރަހައްދަށް ދަތުރުކުރަމުން ދަނިކޮށެވެ.  ބޯޓުގައި ތިބި ފަސް މީހުން ވެސް ވަނީ މަރުވެފަ އެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދިވެސް ދަނީ ތަހުގީގު ކުރަމުންނެވެ.

އިންސާނުންގެ ހަށިގަނޑު ހޯދުމަކީ ހިތާމަވެރި ކަމެއް ނަމަވެސް އެކަމުގެ ސަބަބުން ގެއްލުން ލިބުނު މީހުންގެ އާއިލާތަކަށް އެމީހުން މަރުވިކަމަށް ނިންމުމުގެ ފުރުސަތު ބޮޑުވާނެއެވެ. 

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
17%
ސަތޭކައަކުން ސުމެއް
17%
ވަރަށް ސަލާމް
ކޮމެންޓްސް