ads
ފޮޓޯ އެމްއެންޑީއެފް
ރާއްޖޭގައި ޓެރަރިސްޓު ހަމަލާއެއް ދޭން އުޅޭކަމަށްބުނެ ދެ ގައުމަކުން ސަމާލުވާން އަންގައިފި
ދިވެހިރާއްޖޭގައި ޓެރަރިސްޓު ހަމަލާއެއް ދޭން އުޅޭކަމަށް ބުނެ އިނގިރޭސި ވިލާތާއި އެމެރިކާއިން އެގައުމުގެ ރައްޔިތުން ދިވެހިރާއްޖެއަށް އަންނައިރު ސަމާލުވާން އިލްތިމާސްކޮށްފިއެވެ.

މިގޮތުން އިނގިރޭސި ވިލާތުން މިދިޔަ ބުރާސްފަތި ދުވަހު ނެރެފައިވާއިރު، އެ ސަމާލު އެމެރިކާއިން ނެރުނީ މިދިޔަ ހުކުރު ދުވަހުއެވެ. 

"ޓެރަރިސްޓް ހަމަލާތައް ދޭން މަސައްކަތް ކުރާނެ ކަމަށް ބެލެވޭ. ހަމަލާ ދޭނެ ކަމަށް ބެލެވެނީ ބިދޭސީންނާއި ފަތުރުވެރިން ގިނައިން އުޅޭ ސަރަހައްދުތަކުގައި،" އިނގިރޭސި ވިލާތުން ނެރުނު އެޑްވައިޒަރީގައި ބުނެފައިވެއެވެ.

އެމެރިކާގެ ޓްރެވަލް އެޑްވައިޒަރީ މަތިކޮށްފައިވަނީ ރީނދުލަށެވެ. 

އެ އެލާޓުގައި ބުނެފައިވަނީ ރާއްޖޭގައި ޓެރަރިސްޓު ހަރަކާތްތައް އިތުރުވެފައިވާ ކަމަށާއި އެކަމަށް ސަމާލުވުމަށެވެ. އެގޮތުން ރާއްޖޭގައި 

"ޓެރަރިސްޓް ޖަމާއަތްތަކުން އިންޒާރަކާ ނުލައި ހަމަލާތައް ދީފާނެ. ފަތުރުވެރިން އާންމުކޮށް އުޅޭ ތަންތަނާއި ދަތުރުފަތުރުގެ މަރުކަޒުތަކާއި އާއްމުން އެއްވެ އުޅޭ މާރުކޭޓުތަކުގެ އިތުރުން ސަރުކާރުގެ ވުޒާރާތަކަށް އަމާޒުކޮށް ހަމަލާތައް ދީފާނެ ކަމަށް ބެލެވޭ،" ކަމަށް އެމެރިކާގެ އެލާޓުގައި ބުނެފައިވެއެވެ.

އެފަދަ ހަމަލާތައް ރަށެއްގައިވެސް ދީފާނެ ކަމަށް އެލާޓުގައި ބުނެފައިވެއެވެ.  

ނަމަވެސް އެމްއެންޑީއެފުން މިފަދަ މައުލޫމާތެއް ހިއްސާކޮށްފައެއް ނުވެއެވެ. އަދި އެފަދަ މައުލޫމާތެއް ދެ ގައުމުން ހިއްސާކުރިކަމާމެދު ވެސް އެއްބަހެއް ނުވެއެވެ. 

0%
ކަމުގޮސްފި
75%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް