ads
ކްރިމިނަލް ކޯޓު
އީދު ދުވަހު ވައްކަން ކުރި މީހަކާއި ފޭރުނު މީހަކު ހައްޔަރުކޮށްފި
އީދު ދުވަހު ވައްކަން ކުރި މީހަކާއި ފޭރުނު މީހަކު ހައްޔަރުކޮށްފިއެވެ.

އީދު ދުވަހު ވައްކަން ކޮށްގެން ހައްޔަރުކުރީ، އުމުރުން 47 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށްގެން ކޯޓަށް ހާޒިރު ކުރީ އީދު ދުވަހުއެވެ. ބަންދާ މެދު ގޮތެއް ކަނޑައަޅަން ކޯޓަށް ހާޒިރު ކުރުމުން ކޯޓުންވަނީ ޝަރުތު ކުރުމަށް ފަހު އޭނާ ދޫކޮށްލާފައެވެ. މިއީ ދެކުނުގެ ރަށަކަށް ނިސްބަތްވާ މީހެކެވެ. 

ފޭރިގެން ހައްޔަރު ކުރީ މެދު ރާއްޖެތެރެއަށް ނިސްބަތްވާ ދިވެހި ފިރިހެނެކެވެ. އެއީ އުމުރުން 40 އަހަރުގެ މީހެކެވެ. މި މީހާގެ ބަންދާ މެދު ގޮތެއް ކަނޑައެޅުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހު ބަންދުކޮށްފައި ބެހެއްޓުމަށް ކޯޓުންވަނީ އަމުރު ކޮށްފައެވެ. 

ކުރިންވެސް ކުށުގެ ރެކޯޑް އޮންނަ މި މީހާގެ މައްޗަށް ފޭރުމުގެ އިތުރުން މަކަރާއި ހީލަތް ހެދުމުގެ ތުހުމަތުވެސް ފުލުހުން ކުރެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް