ads
މުދަލު ޒަކާތް ދޫކުރުން---
މުދަލު ޒަކާތް ދައްކާ މިންވަރު 11 ޕަސަންޓު އިތުރުވެއްޖެ
މުދަލު ޒަކާތުގެ ގޮތުގައި ފައިސާ ދައްކާ މިންވަރު މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓާ އާއި އަޅާ ބަލާއިރު 11 ޕަސަންޓު އިތުރުވެފައިވާކަމަށް މީރާގެ ތަފާސް ހިސާބުތަކުން ހާމަވެއްޖެއެވެ.
Advertisement

އެ ހިސާބުތައް ދައްކާގޮތުން މިއަހަރުގެ ފުރަތަމަ ކުއާޓާގައި މުދަލު ޒަކާތުގެ ގޮތުގައި 43.1 މިލިއަން ރުފިޔާ ބަލައިގަނެފައިވެއެވެ. 

މިވަގުތު މުދަލު ޒަކާތް ވާޖިބުވާ ނިސޯބުގެ އަދަދަކީ 7312.55 ރުފިޔާއެވެ.

މުދަލުޒަކާތް މީރާއަށް ބަލައިގަންނަންފެށީ 2016 ވަނަ އަހަރުން ފެށިގެންނެވެ. ނަމަވެސް މުދަލު ޒަކާތް ވާޖިބުވާ ނިސޯބު ކަނޑައަޅަނީ މިނިސްޓްރީންނެވެ.

ޒަކާތު ފަންޑުން ގިނަބަޔަކަށް އެހީވުމުގެ މަސައްކަތް ވެސް އިސްލާމިކް މިނިސްޓްރީން އަބަދުވެސް ކުރިއަށް ގެންދެއެވެ. އޭގެ ތެރޭގައި ބޮޑެތި ބަލުތަކަށް ބޭސްކުރާ މީހުންނަށް އެހީވުމާއި، ތައުލީމު ހާސިލުކުރަން އެހީ ބޭނުންވާ މީހުންނަށް އެހީވުންފަދަ ކަންކަން ކޮށްފައިވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް