ads
ސާރާ އަލީ ހާން
ސާރާ އަލީ ހާން ފައްޅިތަކަށް ދާކަމަށް ބުނެ ފާޑުކިއުން
ސާރާ އަލީހާން ފައްޅިތަކަށް ދާކަމަށް ބުނެ ބައެއް މީހުން އޭނާއަށް ފާޑުކިޔަން ފަށައިފިއެވެ.

ސާރާ އަންނަނީ ވިކީ ކައުޝަލް އާއެކު އެންމެފަހުން ކުޅުނު ފިލްމު، 'ޒަރާ ހަޓްކޭ ޒަރާ ބަޗްކޭ' އަށް ލިބުނު ބޮޑު ތާއީދާ އެކު، އެކަމުގެ އުފާ ފާޅުކުރަމުންނެވެ. 

އެ ފިލްމުގެ ކާމިޔާބީއާ ގުޅޭގޮތުން ބައެއް ނޫސްތަކާ ވާހަކަ ދައްކަމުން ސާރާ ބުނީ އޭނާ އޭނާ މި ދުވަސްވަރު ވަރަށް ގިނައިން ފައްޅިތަކަށް ޒިޔާރަތް ކުރާކަމަށެވެ.

"ފައްޅިތަކަށް ޒިޔާރަތް ކުރުން ގަބޫލުކުރަން.  އެކަމުގެ ސަބަބުން ސިކުނޑިއަށް ހަމަޖެހުން ލިބޭ،" ސަރާ ބުނެފައިވެއެވެ. 

ސާރާ މިހެން ބުނުމާއެކު އޭނާއަށް ގިނަބަޔަކު ވަނީ ފާޑުކިޔަން ފަށާފައެވެ. އެގޮތުން ހިންދޫ ދީނުގެ މީހުން ބުނަނީ އޭނާއަކީ މުސްލިމެއް ކަމަށާއި، އޭނާ ފައްޅިތަކަށް ދަނީ ނުވަތަ ދާކަމަށް ބުނަނީ ކަންދެއްކުމަށްކަމަށެވެ. އަދި މުސްލިމުން ވެސް ވަނީ އޭނާ ފައްޅިތަކަށް ދިއުމަކީ އިސްލާމް ދީނާ ހިލާފުކަމެއްކަމަށް ބުނެފައެވެ. 

ސާރާގެ ބައްޕައަކީ މަޝްހޫރު ފިލްމީތަރި ސައިފް އަލީ ހާން އެވެ. އޭނާއަކީ މުސްލިމެކެވެ. އަދި ސާރަވެސް ބޮޑުވީ މުސްލިމެއްގެ ގޮތުގައެވެ.

ސާރާގެ އެންމެ ފަހުގެ ފިލްމު "ޒާރާ ހަޓްކޭ ޒާރާ ބަޗްކޭ" ފިލްމަކީ ލަކްޝްމަން އުޓޭކަރު ލިޔެ ޑައިރެކްޓްކޮށްފައިވާ ރޮމޭންޓިކް ކޮމެޑީއެކެވެ. އެ ފިލްމުގައި ޚާން ފެނިގެންދާނީ ވިކީ ކައުޝާލް އާ އެކުގައެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް