ads
ލޯފަން ދެ ފަރާތެއް ކަމަށްވާ މާޒިން އާއި، ޒިޔާއު
އާރުޓީއެލްގެ ހިދުމަތާއި އެކު ލޯފަން ދެމީހެއްގެ ޝުއޫރުތައް ބަންޑުން ކޮށްލައިފި!
ސަރުކާރުގެ އާންމު ދަތުރުފަތުރުގެ ނިޒާމަށް ގެނައި ބަދަލާއި އެކު، ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް)ގެ ހިދުމަތް ދަށުން ފޯރު ކޮށްދެމުންދާ ފެރީ ތަކުގެ ހުރި ފަސޭހަ ތަކާއި ގުޅޭ ގޮތުން ލޯފަން ދެ ފަރާތެއް ކަމަށްވާ މާޒިން އާއި، ޒިޔާއު ވަނީ އެމީހުންގެ ޝުއޫރުތައް ސޯޝަލް މީޑިޔާގައި ބަންޑުން ކޮށްފިއެވެ.

އާރުޓީއެލް ފެރީގެ ދަތުރުތައް ތަޖުރިބާ ކޮށްލުމަށް ލޯފަން ދެ ފަރާތެއް ކަމަށްވާ މާޒިން އާއި ޒިޔާއު ކުރި ދަތުރުގެ ތަޖުރިބާތައް އެދެމީހުންވަނީ ސޯޝަލް މީޑިޔާގައި ބަންޑުން ކޮށްލައިފައެވެ.

މާޒިން އާއި ޒިޔާއު ފާހަގަ ކުރެއްވީ މިގެ ކުރިން ދަތުރު ފަތުރުގައި ނުލިބޭ އެތައް ފަސޭހައެއް މިހާރު އާރުޓީއެލް ފެރީގެ ސަބަބުން ލިބެމުންދާ ކަމަށެވެ. އެ ފަސޭހަ ތަކާއެކު ލޯފަން މީހުންނަށް ވަކިން ހާއްސަކޮށް ލިބިފައިވާ ހިންހަމަ ޖެހުންވެސް އެދެމީހުންވެސް ވަނީ ކިޔައިދީފައެވެ.

your imageލޯފަން ދެ ފަރާތެއް ކަމަށްވާ މާޒިން އާއި، ޒިޔާއު

އަދި އާރުޓީއެލް ފެރީތަކަކީ މުޅި ރާއްޖެ އަށް އިންގިލާބީ ބަދަލު ތަކެއް އައިސްފައިވާ ކަަމެއް ކަމަށްވެސް އެދެމީހުން ވަނީ ބުނެފައެވެ.

"އަޅުގަނޑުމެންނަށް އޮންނަ ޔަގީން ކަމަކީ އޮންނަ ވަގުތަށް ދަތުރު ދެވޭނެކަމުގެ ޔަގީންކަން. އިތުރު އެހީތެރިއަކާ ނުލާ ދެވޭނެ ކަމުގެ ޔަގީންކަން. އާރުޓީއެލްގެ ކުރޫއިން ވަރަށް އަޅާލާ ވަރަށް އެހީތެރިވާނެ ކަމުގެ ޔަގީންކަން އޮވޭ." 

އާރުޓީއެލް ފެރީތަކުގެ ހުރި ފަސޭހަތަކާއި، ހިންހަމަޖެހުމުގެ ވާހަކަ ދައްކަންމުން ދިޔައިރު، މާޒިން އާއި ޒިޔާއު ތިބީ ވަރަށް އުފަލުންކަން ވީޑިޔޯ އިން ބަލާލުމުން އެނގެއެވެ. އަދި ރާއްކާތެރި ކަމާއި ޔަގީން ކަމާއި އެކި ދަތުރު ކުރެވޭނެ ކަން އެގެނީވެސް ހަމައެކަނި އާރުޓީއެލް ފެރީން ކަމަށްވެސް ބުނެފައިވެއެވެ. 

އެދެމީހުންވެސް އެންމެ އުފާވަނީ އާރުޓީއެލް ފެރީގައި ފާހަނާތަކުގެ ފަސޭހަ ކަމާއި، އެކުގައެވެ. އެފާހާނާ ތަކުގައި ނުކުޅެދުންތެރިކަން ހުންނަ ކޮންމެ ފަރާތަކަށްވެސް ފަސޭހަ ކަމާއެކު ބޭނުނުން ކުރެވޭނެ ކަމަށްވެސް ބުނެފައި ވެއެވެ.

އާރުޓީއެލް ފެރީގެ ކުރޫއިން  އެހާމެ އޯގާތެރި. އަދި އާރުޓީއެލްގެ ސީޓް ތަކަކީވެސް ވަރަށް ފަސޭހަ ސީޓް ތަކެއް" މާޒީން ބުންޏެވެ.

އެ ދެމީހުންގެ ދަތުރުގެ ފަހު މަންޒިލަކީ ހއ. ހޯރަފުއްޓެވެ. ކުޅދުއްފުށިން ދަތުރު ފަށަން ބަދަރު މައްޗަށް ގޮސްފައިވާ އެދެމީހުން ޝުއޫރުތައް ފާޅު ކުރަމުން ބުނީ މިހާރު އެންމެ ބޭނުންވަނީ ދަތުރު ފެށުމާއި އެކު ދަތުރުގެ މަންޒިލް ބުނެލުމަށް ކަމަށެވެ. އޭރުން ވަރަށްވެސް ފަސޭހަ ވާނެ ކަމަށް އެދެމީހުން ބުންޏެވެ.

އެމްޓީސީސީން އާރުޓީއެލްގެ ފެރީގެ ހިދުމަތް މިހާރު ދެމުންގެންދަނީ ހދ. ހއ. އަދި ށ. އަތޮޅުގައެވެ. އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ އާރުޓީއެލް މަޝްރޫއަކީ މުޅި ރާއްޖެ ދަތުރުފަތުރުގެ ނިޒާމަކުން ގުޅުވައިލުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެވަޑައިގެންނެވި ވައުދުފުޅު ތަކުގެ ތެރެއިން ކުރައްވާފައިވާ ކަމެކެވެ.

އެ މަސައްކަތުގެ ތެރެއިން ފުރަތަމަ ފެރީތައް ގާއިމް ކުރީ އުތުރުގެ އަތޮޅު ތަކުގައެވެ. މިހާރު ދަނީ ހުވަދުއަތޮޅުގައި ވެސް ފެރީގެ ނިޒާމު ގާއިމު ކުރުމަށް މަސައްކަތް ކުރަމުންނެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް