އެންމެ ފުރަތަމަ ފިލްމު ރިލީޒް ކުރަން ހަމަޖެހިފައި އޮތީ މިއަހަރުގެ އޮގަސްޓް މަހުގެ 11 ވަނަ ދުވަހު ނަމަވެސް މިހާރު ފިލްމު ވަނީ ޑިސެމްބަރު 1، 2023 އަށް ކޮއްޕާލާފައެވެ.
އެނިމަލް ފަސްކުރެވިދާނެ އެހެން ބައެއް ސަބަބުތަކުގެ ތެރޭގައި، އެނިމަލްގެ އުފެއްދުންތެރިން ބޭނުންވީ ޕްރަބާސްގެ ސަލާރާއި އަޔޫޝްމަން ޚުރާނާގެ އަނެކް ފަދަ ބޮޑެތި ޑައިރެކްޓަރުން ގެ ފިލްމުތަކާ ދިމާ ނުކުރާށެވެ.
މީގެ އިތުރުން ބައެއް ރިޕޯޓުތައް ބުނާގޮތުން ފިލްމުގެ ޕްރޮޑިއުސަރުން ފިލްމުގެ ފައިނަލް ކަޓާ މެދު ހިތްހަމަ ނުޖެހި، ބައެއް ބަދަލުތައް ގެންނަން ބޭނުންވެފައި އޮތުމަކީވެސް އެކަށީގެންވާކަމެކެވެ.
ލަސްވާއިރު ފިލްމުގެ ސްޕެޝަލް އިފެކްޓުތަކުގެ މަސައްކަތްވެސް އިތުރަށް ފުރިހަމަކުރާނެކަމަށް ބެލެވެއެވެ.