ads
ސިފައިން ހަރަކާތްތެރިވަނީ
މުދާއުފުލާ ދޯންޏެއް ފަރަށް އަރައިގެން ސިފައިން ހަރަކާތްތެރިވަނީ
މާލެއިން ފުރައިގެން ގއ.ދެއްވަދޫއަށް ދަތުރުކުރި "ބަލްމާ-6" ނަަމަކަށް ކިޔާ މުދާ އުފުލާ ދޯންޏެއް، ތ.ގާދިއްފުށީ ކައިރީ އޮންނަ ފަރަކަށް އަރައިިފިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، ދިވެއްސަކާއި ތިން ބިދޭސީން ދަތުރުކުރި މި ދޯނި ފަރަށް އެރިކަމުގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށް ލިބިފައިވަނީ ރޭ 19:00 ހާއިރު ކަމަށެވެ.

އަދި އެ ހާދިސާގެ މައުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ތާޑް ސްކޮޑްރަންގެ ސިފައިން ދޯނި އޮތް ސަރަހައްދަށް ގޮސް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށްވެސް އެމްއެންޑީއެފް އިން ބުންޏެވެ. 

މިގޮތުން، މިއަދު ހެނދުނުން ފެށިގެން ޕަންޕު ބޭނުންކޮށްގެން ދޯނިން ދިޔަ ހިއްކުމުގެ މަސައްކަތް ސިފައިން ކުރިއެވެ. އަދި އެ ދޯނީގެ ވެރިފަރާތުން ހަމަޖެއްސި އެހެން ދޯންޏެއްގެ އެހީގައި ކަފު ޖަހައިގެން އެ ދޯނި ފުންކުރުމުގެ މަސައްކަތުގައި ވެސް ސިފައިން ވަނީ އެހީތެރިވެފައެވެ.

ސިފައިންނާއި ދޯނީގެ ފަޅުވެރިން ގުޅިގެން ކުރި މަސައްކަތުން ދޯނި ފުންކުރެވިފައިވަނީ މިއަދު 12:00 ހާއިރުއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވެއެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް