ads
ދިރާގުން ބޮޑު ޗުއްޓީ ސޭލްގެ ނަމުގައި މައި-ފައި ޑިވައިސްއަށް ހާއްސަ ޕްރޮމޯޝަނެއް ވަނީ ފަށާފައި - ފޮޓޯ:ދިރާގު
މި ޗުއްޓީގައި ކޮންމެ ތަނެއްގައި ހުރެގެންވެސް ދިރާގު އިންޓަނެޓް
ދިވެހިރާއްޖޭގެ ގުޅުން (ދިރާގު) އިން 'ބޮޑު ޗުއްޓީ ސޭލް' ގެ ނަމުގައި މައި-ފައި ޑިވައިސްއަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.
Advertisement

މި ބޮޑު ޗުއްޓީގައި ކޮންމެ ތަނެއްގައި ހުރެގެންވެސް ދިރާގު އިންޓަނެޓް ބޭނުންކޮށްލެވޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ދިރާގުން ބުނީ މި ޕްރޮމޯޝަނުގެ ދަށުން ދިރާގުގެ ހުއާވޭ 4ޖީ މޯބައިލް ވައި-ފައި ޑިވައިސްއެއް 50 އިންސައްތައިގެ ޑިސްކައުންޓަކާ އެކު އެންމެ 594 ރުފިޔާއަށް ހުރިހާ ކަސްޓަމަރުންނަށްވެސް ގަނެވޭނެ ކަމަށެވެ.

މި ލިމިޓެޑް ޓައިމް ޕްރޮމޯޝަން ކުރިއަށް ދާނީ މި މަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށް ކަމަށް ދިރާގުން ބުނެއެވެ. ދިރާގުން ބުނެފައިވަނީ އެ މުއްދަތާ ހަމައަށް ކަސްޓަމަރުންނަށް އެ ކުންފުނީގެ ވެބްސައިޓް https://bit.ly/3JBsZqn މެދުވެރިކޮށް ފަސޭހަކަމާ އެކު މި ޑިވައިސް ގަނެލެވޭނެ ކަމަށެވެ.

"ދިރާގުގެ އެންމެ ބޮޑު އަމާޒަކީ ރާއްޖޭގައި ދިރިއުޅޭ ރައްޔިތުން ކޮންމެތާކު، ކޮންމެ ވަގުތަކުވެސް މުވާސަލާތީ ގޮތުން ގުޅުވުން އަދި އެކަމަށް މަގުފަހިކޮށްދިނުން. އެގޮތުން މި ހާއްސަ ޕްރޮމޯޝަނަކީ ހުރިހާ ފަރާތްތަކަށްވެސް މި ޗުއްޓީ މޫސުމުގައި ދަތުރުކުރާއިރު ގާތްތިމާގެ މީހުންނާ ގުޅުން ބަދަހިކޮށްލާ، ހާއްސަ ވަގުތުތަކުގައި ބައިވެރިވުމަށް ލިބޭ ވަރަށް ރަނގަޅު ފުރުސަތެއް،" - ދިރާގުގެ އެސިސްޓަންޓް މެނޭޖަ ޕަބްލިކް ރިލޭޝަންސް، ޖައިޝާން ހަމީދު

ދިރާގުގެ ޑޭޓާ ޕްލޭންތަކާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް: https://bit.ly/3CVHyBz

ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ތަފާތު ގިނަ އާ އޮފާތައް ހެޔޮ އަގުގައި ކަސްޓަމަރުންނާ ހަމައަށް ގެނެސްދިނުމަށް ކަމަށް އެ ކުންފުނިން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް