ads
އުރުފީ އަދި އަބީޝޭކް
އަބިޝެކް މަލްހާން އަކީ ދޮގުވެރިއެއް: އުރުފީ ޖާވިދު
"ބިގް ބޮސް އޯޓީޓީ 2" އިން ދާދި ފަހުން ކެޓި އުރުފީ ޖާވިދު، އަބިޝެކް މަލްހާން އަކީ ދޮގުވެރިއެއް ކަމަށް ބުނެފިއެވެ.

"ބޮލީވުޑް ލައިފް" އަށް ދިން އިންޓަވިއުއެއްގައި އުރުފީ ބުނީ ޝޯ ދޫކޮށްލުމަށްފަހު އަބިޝެކް އޭނާއަށް އެހީތެރިވެދޭނެ ކަމަށް ވައުދުވި ނަމަވެސް އޭނާގެ ވައުދު ނުފުއްދަވާ ކަމަށެވެ.

އުރުފީ ބުނީ "އަބިޝެކް އަހަންނަށް ވައުދުވެފައި އޮތީ އަހަރެން ޝޯ ދޫކޮށްލުމަށްފަހު އެހީތެރިވެދޭނެ ކަމަށް. އަހަރެންގެ މަސައްކަތް ޕްރޮމޯޓްކޮށް އިތުރު ޕްރޮޖެކްޓްތައް ހޯދުމަށް އެހީތެރިވެދޭނެ ކަމަށް ބުނި. އެކަމަކު އެކަހަލަ ކަމެއް އޭނާ ކޮށްފައެއް ނުވޭ. ޖަވާބެއް ވެސް ނުދޭ އަހަރެންގެ މެސެޖުތަކަށް،" އުރުފީ ބުންޏެވެ. 

އުރުފީ އިތުރަށް ބުނީ އަބީޝެކްގެ ސުލޫކާއި މެދު މާޔޫސްވާ ކަމަށެވެ.

your imageއަބިޝެކް މަލްހާން 

"އަހަރެން ހީކުރީ އަބިޝެކް އަކީ ރަނގަޅު މީހެއް ކަމަށް، އެކަމަކު އަހަރެން ގޯސްވީ. އޭނާ އަކީ ދޮގުވެރިއެއް އަދި ފޭކް ފްރެންޑެއް. މާ ލަސްވުމުގެ ކުރިން އޭނާގެ އަސްލު ކުލަތައް އެނގުނީތީ އަހަރެން އުފާކުރަން" އުރުފީ ބުންޏެވެ. 

އުރުފީގެ ތުހުމަތުތަކަށް އަބިޝެކް އަދި ޖަވާބެއް ނުދެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް