ads
ސާރާ އަލީ ހާން
ސާރާ ދިރިއުޅޭނެ ގެއެއް ހޯދަނީ
ބޮލީވުޑުގެ ތަރި ސާރާ އަލީ ހާން އިންޑިއާގެ ގޯއާ ގައި ދިރިއުޅޭނެ ގެެއެއް ހޯދަމުން އަންނަކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އޭނާ ދިރިއުޅޭނެ ގެއެއް ހޯދަން އުޅޭތާ ދުވަސްކޮޅެއް ވީނަމަވެސް އަދި ފުރިހަމަ ގެއެއް އޭނާއަކަށް ނުފެނެއެވެ. ދާދި ފަހުން  ދިން އިންޓަވިއުއެއްގައި އޭނާ ބުނީ އޭނާ އަކީ "ވަރުބަލިކަމާއެކު ގެ ޝިކާރަކުރާ މީހެއް" ކަމަށެވެ.

ސާރާ ގޯއާ ދެކެ ލޯބިވާތީ އެތަނުގައި ގިނަ ވަގުތު ހޭދަކުރެއެވެ. އެ ސްޓޭޓްގައި ޗުއްޓީ ހޭދަކުރާ ގެއެއް ހުރި ނަމަވެސް އެތަނުން ވެސް ދާއިމީ ގެއެއް ގަންނަން ބޭނުންވެއެވެ. އޭނާ ހޯދަމުންދަނީ މޫދާ ކައިރި އަދި ބޭރުގައި ބޮޑު ޖާގަތަކެއް އޮންނަ ގެއެކެވެ. 

"އާއިލާއާއި ރައްޓެހިން ތިބެވޭ ވަރަށް ބޮޑު ގެއެއް ބޭނުމީ. ހުރިހާ އަގު ރޭންޖެއްގެ ގެތަކަށް ވެސް މި ދަނީ ބަލަމުން. ރަނގަޅު ގެއަކަށް ގިނަ ފައިސާ ހޭދަކުރަން ތައްޔާރު. އަދި ފުރިހަމަ ގެއެއް ލިބެންދެން މަޑުކުރަން ވެސް ތައްޔާރު،" ސާރާ ބުންޏެވެ.

ސާރާ އެންމެ ފަހުން ފެނިފައިވަނީ ޖޫން ދެ ވަނަ ދުވަހު ރިލީޒް ކުރި ފިލްމު "ޒާރާ ހަޓްކޭ ޒާރާ ބަޗްކޭ" އިންނެވެ. 

މި ފިލްމަކީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމަކަށް ޝަރުތު ހަމަވުމަށްޓަކައި ވަކިވާން މަޖުބޫރުވާ ޒުވާން ދެމަފިރިން ކަމަށްވާ ކަޕިލް (ވިކީ ކައުޝަލް) އާއި ސައުމްޔާ (ސާރާ އަލީ ހާން) ގެ ވާހަކަ ކިޔައިދޭ އާ ރޮމޭންޓިކް ކޮމެޑީއެކެވެ.

ލަކްޝްމަން އުޓޭކާ ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ބޯމަން އިރާނީ، ސީމާ ޕަހުވާ، އަދި މަނޯޖް ޕަހުވާ ވެސް ފެނިގެންދާ ފިލްމެކެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް