ކުޅުދުއްފުށީ އެއާޕޯޓު ކައިރިއަށް ވަރަށް ބޮޑަށް އުދައަރާފައިވާއިރު، އެ ސަރަހައްދުގައި ހުރި ބައެއް ސައިކަލްތަކާއި ކާރުތަކަށް ވެސް ވަނީ ލޮނުގެ އަސަރުކޮށްފައެވެ.
މީގެއިތުރުން އެއާޕޯޓުގެ ރަންވޭ ވަކިކުރަން ޖަހާފައިވާ ފެންސު ވެއްޓި އެ އެއާޕޯޓުގެ މަސައްކަތްތައްވަނީ ގިނަ ވަގުތުތަކަށް ހުއްތުމަކަށް އައިސްފައެވެ.
ބައެއް ފުލައިޓުތައް ލަސްކޮށް ޝެޑިއުލް ބަދަލުކޮށް އަލުން ވަނީ އޮޕަރޭޝަން މިހާރު ފަށާފައެވެ.
އެއާޕޯޓުގެ އިތުރުން ކުޅުދުއްފުށީ މަގުތަކުގައިވެސް ފެން ބޮޑުވުމާ ގުޅިގެން ސިފައިންވެސް މިއަދު ވަނީ ހަރަކާތްތެރިވެފައެވެ.
މޫސުމާބެހޭ ގައުމީ އިދާރާއިން ލަފާކުރާގޮތުން މިރޭވެސް ރާއްޖޭގެ ބޮޑުބަކަށް ގުގުރުމާއެކު ބޯކޮށްވާރޭވެހި ވައި ގަދަވާނެއެވެ. އަދި ކަޑުތައްވެސް ގަނަދަވާނެއެވެ.