ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
ޗެތްރީ
ދަގަނޑޭގެ ރެކޯޑު ނުމުގުރުނަސް ޗެތްރީއަށް މޮޅު ކުޅުންތެރިޔާ އަދި ރަންބޫޓު
ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ އަލީ އަޝްފާގު، 23 ލަނޑު ޖަހައިގެން ހަދާފައިވާ ގޯލް ރެކޯޑް މުގުރާނުލެވުނަސް، މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ މޮޅު ކުޅުންތެރިޔާގެ މަގާމާ ރަން ބޫޓު، އިންޑިޔާގެ ކެޕްޓަން ސުނިލް ޗެތްރީ ހޯދައިފިއެވެ.
Advertisement

މިއީ ސާފްގެ ރަން ބޫޓާ، މޮޅު ކުޅުންތެރިޔާގެ މަގާމް ޗެތްރީ ވިދިވިގެން ހޯދި ދެވަނަ ފަހަރެވެ. އިންޑިއާ އިން ރޭ ހޯދި ކާމިޔާބާ އެކު ނުވަވަނަ ފަހަރަށް އެޓީމުން މިވަނީ ސާފް ޗެމްޕިއަންޝިޕް މުބާރާތް ކާމިޔާބު ކޮށްފަ އެވެ. އޭގެ ތެރެއިން ޗެތުރީ ވަނީ ހަތަރު ފަހަރު މުބާރާތުގެ ތަށި އުފުލާލައިފަ އެވެ.

މާލޭގައި 2021 ވަނަ އަހަރު އޮތް މުބާރާތުގެ ރަން ބޫޓާ، މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދީ ޗެތްރީއެވެ. އޭގެ އިތުރުން 2011 އަދި 2015 ވަނަ އަހަރުވެސް މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ  މިހާރު އުމުރުން 38 އަހަރުގެ ޗެތްރީއެވެ.

މިއަހަރުގެ މުބާރާތުގެ އެންމެ މޮޅު ގޯލްކީޕަރަކަށް ހޮވުނީ، ބަންގްލަދޭޝްގެ އަނީސުއް ރަހްމާން ޒީކޯ އެވެ. އަދި ފެއާ ޕްލޭ ޓީމަކީ ނޭޕާލެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް