ads
ކުރީގެ ރައީސް ނަޝީދު ދެ އަހަރު ފަހުން އެމްޑީޕީގެ ޕޯޑިއަމްގައި މިރޭ ވާހަކަފުޅު ދައްކަވަނީ. - ފޮޓޯ: އެމްޑީޕީ
ނަޝީދުގެ ހިސާބެއް؛ ކައުންސިލް އިންތިހާބުން މުއިއްޒަށް ލިބޭނީ 20 އިންސައްތަ
އަންނަ އަހަރު އޮންނަ ލޯކަލް ކައުންސިލް އިންތިހާބުގައި ރައީސް މުހައްމަދު މުއިއްޒަށް ލިބިވަޑައިގަންނަވާނީ 20 އިންސައްތަ ކަމަށް އެނބުރި އެމްޑީޕީއަށް ވަޑައިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.
Advertisement

ރައީސް ނަޝީދު އަލުން އެމްޑީޕީއާ ގުޅިވަޑައިގަތުމާ ގުޅިގެން މަރުހަބާ ކިޔުމަށް ބޭއްވި ޖަލްސާގައި ރައީސް ނަޝީދު ވަނީ ފިނިގޮތަކަށް ރައީސް މުއިއްޒަށް ހަމަލާއެއް ދެއްވާފަ އެވެ. އެ މަނިކުފާނު ވިދާޅުވީ، އެންމެ މުހިންމު އެއް ކަމަކީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބު ކަމަށެވެ.

ނަޝީދު ވިދާޅުވީ، އެ އިންތިޚާބު އެމްޑީޕީން ކާމިޔާބުކުރަން ޖެހޭ ކަމަށެވެ. އަދި، އެ އިންތިހާބުން ރައީސް މުއިއްޒާއި ސަރުކާރު ހިންގާ ޕީއެންސީއަށް ލިބިވަޑައިގަންނަވާނީ އެންމެ 20 އިންސައްތަ ވޯޓު ކަމަށް އެ މަނިކުފާނު ވަނީ ހިސާބު ޖައްސަވައިފަ އެވެ.

"ރައީސް މުއިއްޒު އަޅުގަނޑު މިރޭ ދެންނެވީމާ ހިސާބު ޖައްސަވާތި، 20 އިންސައްތަ،" އެ މަނިކުފާނު ވިދާޅުވި އެވެ.

ދައުލަތުގެ އިގްތިސާދީ ހާލަތާ ގުޅޭގޮތުން ރައީސް ނަޝީދު ވިދާޅުވީ ލޯނަށް ދައްކަންޖެހޭ އަދަދުތައް ބޮޑެތި ވަމުންދާތީ ރާއްޖެ އޮތީ ނުބައި ހާލަތެއްގައި ކަމަށެވެ. ނަޝީދު ވިދާޅުވިގޮތުގައި، ދިވެހިރާއްޖެ އަލުން އަނބުރާ ދިވެހީންނަށް ހޯދައިދޭން ވެއްޖެ އެވެ. އަދި ވިދާޅުވީ، ރާއްޖޭގައި ތަނަވަސްކަމާ އެކީ އުޅެވޭނެ މަގެއް ހޯދެން ޖެހޭނެ ކަމަށާއި އެ ހާލަތު ރަނގަޅު ކުރެވޭނީ ހަމައެކަނި އެމްޑީޕީއަށް ކަމަށްވެސް ވިދާޅުވި އެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ އެމްޑީޕީއަކީ އަބަދުވެސް ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ހޯދައިދޭނެ ޕާޓީ ކަމަށެވެ. އަދި ވިދާޅުވީ އެ މަނިކުފާނުގެ މުޅި ހަޔާތްޕުޅު ހޭދަ ކުރެއްވީ އެމްޑީޕީއަށްޓަކަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް