ads
ރަށަކަށް އުދައަރާފައި
މޫސުން ގޯސްވެ އުދައަރާފާނެތީ ސަމާލުވުމަށް އިލްތިމާސްކޮށްފި
އުތުރުގެ އަތޮޅުތަކާއި މެދު ރާއްޖެތެރޭގެ ރަށްތަކަށް އުދައަރާފާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ, މެޓް އޮފީހުން ލަފާކޮށް ސަމާލުވުމަށް އިލްތިމާސްކޮށްފިއެވެ.

ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި މެދުރާއްޖެތެރޭގެ ރަށްތަކަށާއި އުތުރުގެ ރަށްތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި, މޫސުން ގޯސްވާ ވަގުތުތަކުގައި ފެން ބޮޑުވުމުގެ އިތުރުން އުދައިގެ އަސަރު ކޮށްފާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މިއަދުގެ މެންދުރުފަހު 15:00 ހަމައަށް ރީނދޫ ސަމާލު ނެރެފައިވާއިރު ވިލާގަނޑުގައި 50 މޭލަށް ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ވެސް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.

ކުރިއަށް އޮތް 24 ގަޑިއިރު މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސް ކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް