ads
މޫސުން ގޯސްވެ ކަނޑުވެފައިވާ ދޯންޏެއް
8 މީހުންނާއިއެކު ދަތުރުކުރަމުން ދިޔަ ދޯންޏެއް އަޑިޔަށްގޮސްފި
އދ. މަހިބަދޫ އަށް ދަތުރު ކުރި މުދާ އުފުލާ ދޯންޏެއް އަޑިއަށް ގޮސްފިއެވެ.

ފުލުހުން މައުލޫމާތުދޭ ގޮތުގައި މާލެ އިން ފުރައިގެން އދ. މަހިބަދޫއަށް ދަތުރުކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް އަލި ހުރަސް ކަނޑަށް އަޑިއަށްދާކަމުގެ މައުލޫމާތު ލިބުމާއި ގުޅިން ފުލުހުން ހަރަކާތްތެރި ވަމުންދާކަމަށެވެ.

މޫސުން ވަރަށް ބޮޑަށް ގޯސްވެފައި ވަނިކޮށް ފުރައިގެން ދިޔަ މި ދޯނި މިރޭ އަޑިއަށް ދިޔައިރު ބޯޓުގައި 8 މީހުން ތިއްބެވެ. ދޯނި އަޑިއަށްދާ ކަމުގެ މައުލޫމާތު ލިބިގެން އދ. އަތޮޅުގައި ހަރަކާތްތެރިވާ ފުލުހުންގެ ލޯންޗެއް އެ ސަރަހައްދަށް ގޮސް ދޯނީގައި ތިބި މީހުން ވަނީ ސަލާމަތްކޮށްފައެވެ.

ފުލުހުންގެ ލޯންޗު މިހާރު ދަނީ މަހިބަދޫއަށް ދަތުރުކުރަމުން ކަމަށާއި ލޯންޗުގައި ތިބި އެންމެންގެ ހާލު ރަނގަޅު ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ. މިއީ ރިކާޑޯ ނަމަކަށް ކިޔާ ދޯންޏެކެވެ.

މިދުވަސްވަރަކީ ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސް ދުވަސްވަރަކަށް ވާތީ ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ކަމާ ގުޅޭ އިދާރާތަކުން ދަނީ ތަކުރާރުކޮށް ގޮވާލަމުންނެވެ.

 

0%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް