ads
ފިހުނު މީހުން އިތުރު ފަރުވާއަށް މާލެ ގެންނަނީ
ފިހުނު މީހުން އިތުރު ފަރުވާއަށް މާލެ ގެނެސްފި
ރ. އުނގޫފާރުން ފުރައިގެން މާލެއަށް ދަތުރު ކުރި "ކްރިސްޓަލް ސްޕީޑް" ލޯންޗުގެ ބެޓެރީ ގޮވައި އަނިޔާވި މީހުން އިތުރު ފަރުވާ އަށް މާލެ ގެނެސްފި އެވެ.

މާލެ ދަތުރު ކުރި އެ ލޯންޗުގައި 39 މީހަކު ތިއްބެވެ.

ފެރީއެއްގެ ގޮތުގައި ބޭނުން ކުރާ އެ ލޯންޗު ބެޓަރި ގޮވި ހާދިސާގައި ހަތް މީހަކަށް އަނިޔާވެ، ކޮންމެވެސް ވަރަކަށް ފިހިފައި ވެއެވެ.

އެ ލޯންޗުގެ ބެޓަރި ގޮވާފައި ވަނީ އިއްޔެ ހަވީރު އެވެ. އޭގެ 

އޭގެ ފަހުން އެމްއެންޑީއެފް ކޯސްޓްގާޑުން ވަނީ "ކްރިސްޓަލް ސުޕީޑް" އެރިޔަދޫ ރިސޯޓަށް ގެންގޮސްފަ އެވެ. އަދި އަނިޔާވި މީހުން ރޭ 7:30 ހާއިރު އިތުރު ފަރުވާ އަށް މާލެ ގެނެސްފައި ވެއެވެ.

ފިހުނު މީހުންގެ ތެރޭގައި 'ސިންބޮލިކް ރެކޯޑްސް' ގެ ދެ ފަންނާނުން ވެސް ހިމެނޭކަމަށް އެ ބޭންޑުން ބުނެއެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް