ads
މިއަދު މާލެ އައި ހައްޖުވެރިން: ފޮޓޯ ދުވަސް
ހައްޖާޖީން ރާއްޖެ އަންނަން ފަށައިފި
ހައްޖުގެ މާތް އަޅުކަން އަދާކުރުމަށްފަހު ހަޖާޖީން މިއަދު މާލެ އަންނަން ފަށައިފިއެވެ.

މިއަދު ހެނދުނު އެންމެ ފުރަތަމަ އައީ މަނާސިކް ޕްރައިވެޓް ލިމެޓެޑުން ހައްޖަށް ދިޔަ ހައްޖާޖީންނެވެ. އެމީހުން ފުރާފައިވަނީ ރޭ 19:00 ހާއިރުއެވެ. 

މިއަހަރު ރާއްޖެއިން މީހުން ހައްޖަށް ގެންދިއުމަށް 1000 ކޯޓާ ލިބުނުއިރު، އަމިއްލަ ތިން ޖަމާއަތަކަށް ޖުމްލަ 270 ކޯޓާ ދީފައިވާއިރު ބާކީ ހައްޖުވެރިން ހައްޖަށް ގޮސްފައިވަނީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގައެވެ. 


ހައްޖުގެ އަޅުކަން ކުރަން ދިޔަ ފަސް މީހަކު ވަނީ މައްކާގައި ނިޔާވެފައެވެ. އެންމެ ފަހުން މީހަކު ނިޔާވެފައިވަނީ ބުރާސްފަތި ދުވަހުގެ ހެނދުނުއެވެ. 

ހައްޖުވެރިން އަންނައިރު ސަލާމަތީ ކަންކަން އިތުރަށް ވަރުގަދަކުރުމަށާއި މާލޭގެ ޓްރެފިކް ބެލެހެއްޓުމަށް ފުލުހުންވެސް ވަނީ ހާއްސަ އޮޕަރޭޝަނެއް ފަށާފައެވެ.

އަމީރުލް ހައްޖުގެ ގޮތުގައި މިއަހަރު ހައްޖަށް ވަޑައިގަތީ ނައިބު ރައީސް ފަައިސަލް އެވެ. އެނަމުކުފާނު ވަނީ މިދިޔަ ހަފްތާތެރޭގައި ރާއްޖެ ވަޑައިގެންފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް