ads
އާރުޓީއެލް ފެރީއެއް: އެންމެ ގިނައިން ހިދުމަތް ހޯދަނީ ސިއްހީ ފަރުވާއަށް ރަށްރަށަށް ދިއުމަށް - ފޮޓޯ:ސީއެންއެމް
އާރުޓީއެލް ފެރީގެ ހިދުމަތް ގިނައިން ހޯދަނީ ސިއްހީ ފަރުވާއަށް ރަށްރަށަށް ދިއުމަށް
އާރުޓީއެލް ފެރީގެ ހިދުމަތް އެންމެ ގިނައިން ބޭނުންކުރަނީ ސިއްހީ ފަރުވާ ހޯދުމަށް ރަށްރަށަށް ދަތުރުކުރުމަށް ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

ހުވަދު އަތޮޅުގައި އާރުޓީއެލް ފެރީގެ ހިދުމަތް ފެށުމަށް ހަ އުޅަނދު ފުރުވާލުމަށް ހުޅުމާލެ ފެރީ ޓާމިނަލުގައި ބޭއްވި ހަރަކާތުގައި ވާހަކަދައްކަވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ ވަރަށް ދުރުގައި ހުރި ދަތުރުފަތުރުގެ ފަސޭހަ ނިޒާމެއް ނެތް ރަށްރަށުގެ ރައްޔިތުން އާރުޓީއެލް ފެރީގެ ހިދުމަތް ބޭނުންކުރާ މިންވަރު އިތުރު ކަމަށެވެ. 

ރައްޔިތުންގެ ލަފަޔާ އެކު ފެރީގެ ޝެޑިއުލަށް ގެނެވޭ ބަދަލު ރައްޔިތުންނަށް ފަސޭހަވާނެހެން ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރާ ކަމަށް އާޒިމް ވިދާޅުވިއެވެ. އާޒިމް ވިދާޅުވެފައިވަނީ ސަރުކާރުގެ އަމާޒަކީ ރައްޔިތުން ބޭނުންވާ ގޮތަށް ހިދުމަތްތައް ދިނުން ކަމަށެވެ.

ހުވަދު އަތޮޅުގައި އާރުޓީއެލް ފެރީގެ ހިދުމަތް ދިނުުމަށް އެ ކުންފުނީގެ 80 މުވައްޒަފުން މަސައްކަތް ކުރާނެކަން ހާމަކުރައްވާ އާޒިމް ވިދާޅުވީ އެ މުވައްޒަފުންނަކީ ލޯންޗް އޮޕަރޭޓްކުރުމަށް ނަގާ މުވައްޒަފުން ކަމަށެވެ. މުވައްޒަފުންނަށް ބޭނުންވާ ޓްރެއިނިން ދޭނެ ކަމަށާއި އެ މަސައްކަތް މިހާރު ތިނަދޫގައި ކުރިއަށްދާ ކަމަށް އާޒިމް ވިދާޅުވިއެވެ.

your imageއާރުޓީއެލް ފެރީތައް: ހުވަދު އަތޮޅުގައި ހިދުމަތް ފެށުމަށް ހަމަޖެހިފައިވަނީ މި މަހުގެ 13 ވަނަ ދުވަހު - ފޮޓޯ:ސީއެންއެމް

ހުވަދު އަތޮޅުގައި އާރުޓީއެލް ފެރީގެ ހިދުމަތް ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވަނީ މި މަހުގެ 13 ވާ ބުރާސްފަތި ދުވަހުއެވެ. ގއ. އަދި ގދ. އަތޮޅުގެ ހުރިހާ ރަށަކަށް ހަފުތާއެއް ވަންދެން ހިލޭ ދަތުރު ކުރެވޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ. އެމްޓީސީސީން ބުނީ އެ ދަތުރުތަކަކީ އާރުޓީއެލް ފެރީގެ ހިދުމަތަށް ރައްޔިތުން އަހުލުވެރިކުރުވުމުގެ ގޮތުން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ދަތުރުތަކެއް ކަމަށެވެ.

ހުވަދު އަތޮޅުގައި ފެށުމަށް ތައްޔާރުވަމުންދާ އާރުޓީއެލް ފެރީގެ ހިދުމަތާ ގުޅޭގޮތުން އެމްޓީސީސީން ވަނީ އެ އަތޮޅުގެ ރަށްރަށުގެ ކައުންސިލްތަކާއި ސަރުކާރުގެ މުއައްސަސާތަކުގެ މުވައްޒަފުންނަށް ފެރީގެ ހިދުމަތާ ބެހޭ މައުލޫމާތު ދިނުމުގެ އިތުރުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ހިންގާފައެވެ.

އިންޓަގްރޭޓެޑް ނެޝަނަލް ޕަބްލިކް ފެރީ ނެޓްވޯކުގެ ފުރަތަމަ ފިޔަވަހީގައި ހިމެނޭ ހއ، ހދ. އަދި ށ. އަތޮޅުގައި އެމްޓީސީސީގެ ފަރާތުން އަންނަނީ އާރުޓީއެލް ފެރީގެ ހިދުމަތް ދެމުންނެވެ. އޭގެ އިތުރުން އެ ކުންފުނިން އަންނަނީ ދެވަނަ ފިޔަވަހީގަައި ހިމެނޭ ޅ. އަތޮޅުގައިވެސް ފެރީގެ ހިދުމަތް ދެމުންނެވެ.

ޅ. އަތޮޅުގެ އިތުރުން ދެވަނަ ފިޔަވަހީގެ ދަށުން ފެރީގެ ހިދުމަތް ފެށުމަށް ހަމަޖެހިފައިވަނީ ނ، ރ، ބ، ގއ، ގދ، ޏ އަދި ސ އަތޮޅުގަައެވެ. ތިންވަނަ ފިޔަވަހީގެ ދަށުން ފެރީގެ ނިޒާމުން ގުޅުވާލުމަށް ނިންމާފައިވަނީ ކ، އއ، އދ، ވ، މ، ފ، ދ، ތ އަދި ލ އަތޮޅެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް