ads
ހައްޖަ އާންޓީ
"ހަދީޖާ ނިޔާވުމަކީ މުޅި ތައުލީމީ އާއިލާއަށް ލިބުނީ ފުން ހިތާމައެއް"
މަދްރަސަތުލް އަމީރު އަހުމަދު ޕްރީސްކޫލުގެ ކުރީގެ ޕްރިންސިޕަލް، ހަދީޖާ ހުސައިން ނިޔާވުމާ ގުޅިގެން އެޑިޔުކޭޝަން މިނިސްޓްރީން ތައުޒިޔާ ފޮނުވައިފިއެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ބުނީ މ. ކޮޅުފުށީ ދިލްބަހާރުގޭ ހަދީޖާއަކީ ތައުލީމީ ދާއިރާއަށް އަގުހުރި މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ބޭކަނބަލެއް ކަމަށެވެ.

"ހަދީޖާ ނިޔާވުމަކީ މުޅި ތައުލީމީ އާއިލާއަށް ލިބުނު ފުން ހިތާމައެއް،" - އެޑިއުކޭޝަން މިނިސްޓްރީ-

ހަދީޖާ ވަނީ މަދްރަސަތުލް އަމީރު އަހުމަދު ޕްރީސްކޫލުގައި ހޭދަކުރެއްވި ދިގު މުއްދަތުގެ ތެރޭގައި އެ ސްކޫލުގެ މުދައްރިސްކަމާއި، ލީޑިންގ ޓީޗަރުކަމާއި، ޕްރިންސިޕަލްގެ މަގާމުވެސް އަދާކުރައްވާފައެވެ. ހަދީޖާއަކީ ދަރިވަރުންނާއި، ބެލެނިވެރިންނާއި، އެކުގައި މަސައްކަތްކުރި ފަރާތްތަކުގެ ލޯތްބާއި އިތުބާރު ހޯދާފައިވާ ޓީޗަރެކެވެ.

އޭނާ ނިޔާވީ 07 ޖުލައި 2023 ވީ ހުކުރު ދުވަހުގެ ވަގުތެއްގައެވެ. ނިޔާވިއިރު ދިޔައީ ކެންސަރަށް ފަރުވާ ހޯއްދަވަމުންނެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް