ads
އެފްޑީސީން ބައިނަލްއަގްވާމީ ރައްކާތެރިކަމުގެ ދުވަސް ފާހަގަކުރުން - ފޮޓޯ: އެފްޑީސީ
އެފްޑީސީން "ބައިނަލްއަގްވާމީ ރައްކާތެރިކަމުގެ ދުވަސް" ފާހަގަކޮށްފި
ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ން ބައިނަލްއަގްވާމީ ރައްކާތެރިކަމުގެ ދުވަސް ފާހަގަކޮށްފި އެވެ.

އެފްޑީސީން ބޭއްވި ހަރަކާތް ޝަރަފުވެރިކޮށްދެއްވީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްގެ ޖެނެރަލް މެނޭޖަރ، އޮޕަރޭޝަނަލް ސޭފްޓީ އެންޑް ހެލްތް މެނޭޖްމަންޓް މުޙައްމަދު އަބްދުﷲ އެވެ.

މި ހަރަކާތުގައި އެމްއޭސީއެލް، އެޗްޑީސީ، އެމްއެންޑީއެފް ފަދަ، ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރުމަށް މަސައްކަތްތައް ކުރާ އިދާރާތަކުން ބައިވެރިވި އެވެ. 

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، ފަހި ދިރިއުޅުން ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރ، ހަމްދާން ޝަކީލް ވިދާޅުވީ، މަސައްކަތުގެ މާހައުލުގައި ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކަށް މުހިއްމު އިސްކަމެއް ދޭ ކަމަށެވެ.

އިމާރާތްކުރުމުގެ މަސައްކަތްތައް ޒިންމާދާރުކަމާއި، ރައްކާތެރިކަމުގެ މިންގަނޑުތަކާއި އެއްގޮތްވާގޮތުންގެ މަތިން ކުރިއަށް ގެންދިއުމަށްޓަކައި ހަރުދަނާ ނިޒާމުތަކާއި، އިޖުރާއަތްތައް އެފްޑީސީން ތަންފީޒުކުރަމުންދާ ކަމަށް ހަމްދާން ވިދާޅުވި އެވެ.

"މަސައްކަތްތެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި މަސައްކަތުގެ މާހައުލުގައި އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް، ޤަވައިދާ އެއްގޮތުގެ މަތިން އަޅަމުންދޭތޯ ކަށަވަރުކުރުމުގެ ޚާއްސަ ޓީމެއް އަންނަނީ މަސައްކަތް ކުރަމުން. ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އެފްޑީސީއިން ތަރައްގީކުރަމުންދާ 4000 ސޯޝަލް ހައުސިންގ ޔުނިޓްގެ މަސައްކަތަށް "15 މިލިއަން ސޭފް މޭން-އަވަރޒް" ހާސިލްކުރެވިފައިވުމަކީ ކުންފުންޏަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް." އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ ހަމްދާން ފާހަގަކުރި އެވެ.

މިއަހަރުގެ ބައިނަލްއަޤްވާމީ ރައްކާތެރިކަމުގެ ދުވަހުގެ ޝިއާރަކީ "މޫސުމީ ގޮންޖެހުންތަކާއެކުވެސް މަސައްކަތްތެރިންގެ ރައްކާތެރިކަން ކަށަވަރުކުރުން" އެވެ.

އެފްޑީސީގެ ބެލުމުގެދަށުން ބޮޑެތި ހައުސިން މަޝްރޫޢުތައް ކުރިއަށްގެންދާއިރު، ގިނަ އަދަދެއްގެ ލޭބަރުން މަސައްކަތްކުރަމުން އާދެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް