ads
އުރީދޫ މަސްރޭހެއްގެ ތެރެއިން - ފޮޓޯ:އުރީދޫ
މުޅި ދުނިޔޭގައި ވެސް އެންމެ ގިނައިން މަހާއި ސީފުޑް ކަނީ ދިވެހިން
މުޅި ދުނިޔޭގައި ވެސް އެންމެ ގިނައިން މަހާއި ސީފުޑް ކަނީ ދިވެހިންކަމަށް ވޯލްޑް އޮފް ސްޓެޓިސްޓިކްސް އިން ބުނެފިއެވެ.

ވޯލްޑް އޮފް ސްޓެޓިސްޓިކްސް އިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ދިވެއްސަކު އަހަރެއްގެ މައްޗަށް 87.30 ކިލޯގެ ކަނޑު މަހާއި ސީފުޑް ކައެވެ. 

މި ލިސްޓުގެ އެއްވަނަ ދިވެހިރާއްޖެއަށް ލިބުނުއިރު، ދެވަނައިގައި އޮތީ އައިސްލޭންޑް އެވެ. އެ ގައުމުގެ ކޮންމެ މީހަކު އަހަރެއްގެ މައްޗަށް 84.30 ކިލޯގެ މަސްކައެވެ. ތިންވަނައިގައި އޮތް މަކާއޯ މީހުން ކަނީ 70.26 ކިލޯއެވެ. 

މި ލިސްޓުގެ އެންމެ ފުލުގައި އޮތީ އަފްގާނިސްތާނެވެ. އެގައުމުގެ މީހުން އަހަރަކު ކަނީ 0.36 ކިލޯގެ ކަނޑުމަހެވެ. 

ދިވެހިރާއްޖެއަކީ އިހު ޒަމާނުއްސުރެގެ ކަނޑުމަހާއި، ފަރު މަހާއި ސީފުޑުގެ ބާވަތްތަކަށް ބަރޯސާވާ ގައުމެކެވެ. ދިވެހިންގެ ގިނަ ކާނާތަކުގައި ކަނޑުމަސް ހިމެނެއެވެ. ކަނޑުމަހަކީ ސިއްހަތައް ފައިދާ ހުރި 'އޮމެގާ 3' އަދި ޕްރޮޓީން ގިނަ އަދަދަކަށް އެކުލެވޭ ބާވަތެކެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް