ads
ކޮމަންޑޫގައި މަސައްކަތްތައް ކުރިއަށްދާ ގޮތް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ބައްލަވާލައްވަނީ - ފޮޓޯ:އެމްޓީސީސީ
މަތިކޮމަންޑޫ ހިއްކާ ނިންމައި ދެ ކޮމަންޑޫ ގުޅާލުމުގެ މަސައްކަތް އޮގަސްޓު މަހު
ށ. މަތިކޮމަންޑޫ ހިއްކުމުގެ މަޝްރޫއު މި މަހު ފަހުކޮޅު ފެށުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ތައްޔާރުވެއްޖެއެވެ.
Advertisement

އެމްޓީސީސީން ބުނީ މަތިކޮމަންޑޫ ހިއްކުމުގެ މަސައްކަތް އޮގަސްޓް މަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށެވެ. ކޮމަންޑޫގެ ފަޅުތެރޭގައި އޮންނަ މަތިކޮމަންޑޫ ހިއްކައި ދެ ރަށް ގުޅާލުމުގެ މަޝްރޫއުގެ ދަށުން އެމްޓީސީސީން މިހާރު ވަނީ މަތިކޮމަންޑޫގައި ހިއްކުމަށް ހަމަޖެހިފައިވާ ސަރަހައްދުގައި މަސައްކަތް ފެށުމަށް ތައްޔާރީތައް ވާން ފަށާފައެވެ. އެގޮތުން ހިއްކާ ސަރަހައްދުގައި ބަންޑްވޯލް ޖަހާފައިވާއިރު މި މަހުގެ ފަހުކޮޅު އެ ކުންފުނީގެ ޖައްރާފާ ކޮމަންޑޫއަށް ބަނދަރު ކުރާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

މަތިކޮމަންޑޫގައި ހިއްކުމަށް ހަމަޖެހިފައިވާ ސަރަހައްދުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ އަންނަ އޮގަސްޓް މަސް ނިމޭއިރަށް މަތި ކޮމަންޑޫ ހިއްކުމުގެ މަސައްކަތް ނިންމުމަށް އެ ކުންފުނިން އަމާޒު ހިފާފައިވާ ކަމަށެވެ.

އާޒިމް ވިދާޅުވެފައިވަނީ މަތިކޮމަންޑޫ ނުހިއްކާނެ ކަމަށް މީހުން ބުނި ނަމަވެސް ސަރުކާރުން ދޭން ބޭނުންވާ ޔަގީންކަމަކީ ޖުލައި މަހު ހިއްކަން ފަށައި އޮގަސްޓް މަސް ނިމޭއިރު މަތިކޮމަންޑޫ ހިކިފައި އޮންނާނެކަމުގެ ޔަގީންކަން ކަމަށެވެ.

އެމްޓީސީސީން ބުނީ މަތިކޮމަންޑޫ ހިއްކުމުގެ މަޝްރޫއުގެ އީއައިއޭގެ ފަހު މަރުހަލާގެ މަސައްކަތް މި ފެށޭ ހަފުތާގައި ނިމޭނެ ކަމަށެވެ. އެ މަޝްރޫއުގެ ދަށުން 16.7 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ނިންމާފައެވެ.

މަތިކޮމަންޑޫ ހިއްކައި ކޮމަންޑޫ އާ ގުޅާލުމުގެ މަސައްކަތަކީ ކޮމަންޑޫއަށް ދިމާވެފައިވާ ބިމުގެ ޖާގައިގެ ދަތިކަން ހައްލުކޮށްދިނުމަށް ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއެކެވެ.

މި މަޝްރޫއާ ގުޅޭގޮތުން ވާހަކަދައްކަވަމުން ކޮމަންޑޫ ކައުންސިލުގެ ރައީސް މުހައްމަދު ސިނާން ވިދާޅުވެފައިވަނީ މަތިކޮމަންޑޫ ބިން ހިއްކުމުގެ މަސައްކަތަކީ އެ ރަށު ރައްޔިތުންގެ އެތައް ތަކުލީފަކާ ގުޅިފައިވާކަމެއް ކަމަށެވެ. ރަށުގައި ބިން ނެތުމުގެ ސަބަބުން އުމްރާނީ ތަރައްގީ އާއި ސިނާއީ މަސައްކަތްތައް ކުރުމަށް ދަތިވެފައިވާ ކަމަށް ސިނާން ވިދާޅުވިއެވެ.

މަތިކޮމަންޑޫ ހިއްކުމުގެ ތައްޔާރީތައް ވާން ފަށާފައިވާއިރު، ދެ ކޮމަންޑޫ ގުޅާލުމަށް ހަދާ ބްރިޖުގެ މަސައްކަތް އޮގަސްޓް މަހު ފެށުމަށް އެމްޓީސީސީން ދަނީ ތައްޔާރުވަމުންނެވެ. ދެ ކޮމަންޑޫ ގުޅާލުމަށް 200 މީޓަރުގެ ދިގުމިނުގެ ބްރިޖެއް ތަރައްގީކުރުމަށް ވަނީ ނިންމާފައެވެ. އެ މަސައްކަތް ހައެއްކަ މަސް ދުވަހުގެ ތެރޭގައި ނިންމުމަށް އެ ކުންފުނިން ވަނީ ކަނޑައަޅާފައެވެ.

މަތިކޮމަންޑޫ ހިއްކަައި ދެ ކޮމަންޑޫ ގުޅާލުމުގެ މަޝްރޫއަކީ 249 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްގެން ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއެކެވެ. މި މަޝްރޫއުގެ މަސައްކަތް އެމްޓީސީސީ އާ ހަވާލުކޮށްފައިވަނީ ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް