ads
މާލެއަށް އުދަ އެރުން، ފޮޓޯ: ސީއެންއެމް
މާލެއަށް އުދަ އަރަނީ!
މާލެއަށް އުދަ އަރަން ފަށައިފިއެވެ.

އުދަ އަރާފައިވަނީ މިއަދު މެންދުރުފަހު ގާތްގަނޑަކަށް 2:30 ހާއިރުއެވެ. އުދަ އެރުމުގެ ސަބަބުން ބޭރު މަގުގެ އެކި ސަރަހައްދުގައި ވަނީ ފެން ބޮޑުވެފައެވެ. 

އުދަ އަރާފައި ވަނީ މާލޭގެ ސްވިމިން ޓްރެކާއި ރާޅުގަނޑު ސަރަހައްދަށެވެ. މީގެ އިތުރުން، ސިނަމާލެ ބްރިޖަށް އަރާ ސަރަހައްދަށްވެސް ވަރަށް ބޮޑަށް އުދަ އަރާފައިވެއެވެ. އަދި ބްރިޖާއި ހައިވޭ ގުޅޭ ހިސާބަށްވެސް އުދައިގެ އަސަރު ކޮށްފައިވެއެވެ. 

މި ދުވަސްވަރަކީ ރާއްޖެއަށް މޫސުން ގޯސް ދުވަސްވަރެކެވެ. އެހެންކަމުން، ކަމާއި ގުޅޭ އިދާރަތަކުން އަންނަނީ މޫސުމަށް ސަމާލުވުމަށް އިލްތިމާޒް ކުރަމުންނެވެ. މި ފަހުންވެސް ކަނޑުމަތީގައި ނުރައްކާތެރި ހާދިސާތައް ހިނގާ، މީހުންނަށާއި މުދަލަށް އެކި ވަރުގެ ގެއްލުންތައް ވެފައިވެއެވެ.

ހުޅަނގު މޫސުން ފެށި، ކޮންމެ އަހަރެއްގެވެސް ޖޫން އަދި ޖުލައިމަހަކީ ރާއްޖެއަށް މޫސުން ގޯސް ދުވަސްވަރެކެވެ. އަދި ފަހުގެ އަހަރުތަކުގައި މިގޮތަށް އުދަ އަރާއިރު، ރަށްގިރުމުގެ މައްސަލަވެސް އަންނަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް