ads
ވެލެންސިޔާގެ ބައެއް ކުޅުންތެރިން
މުސާރަ ނުދީގެން ވެލެންސިޔާއަށް ފީފާގެ އަދަބު
ނިމިގެން ދިޔަ ފުޓްބޯޅަ ސީޒަންގައި، ކްލަބު ވެލެންސިޔާއަށް ކުޅުނު ބިދޭސީ ކުޅުންތެރިންނަށް މުސާރަ ނުދީ ހުރި މައްސަލައިގައި، ފުޓްބޯޅައިގެ މައި އިދާރާ ފީފާއިން ކްލަބު ވެލެންސިޔާގެ ޓްރާންސްފަރ ބޭންކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފީފާއިން ވެލެންސިޔާއަށް ފިޔަވަޅު އެޅި މީ ދެވަނަ ފަހަރެވެ. މީގެ ކުރިން، ލޯކަލް ޓްރާންސްފަރ މަނާކުރުމަށް ފަހު، މި ފަހަރު މަނާކޮށްފައިވަނީ އިންޓަނޭޝަނަލް ޓްރާންސްފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ވެލެންސިއާގެ ހުރި މުސާރަ މައްސަލަތައް ހައްލުނުކޮށް ކުރިއަށް އޮތް ޓްރާންސްފާ މާކެޓްގައި ވެލެންސިޔާއަށް އާ އެއްވެސް ކުޅުންތެރިއެއް ރަޖިސްޓްރީއެއް ނުކުރެވޭނެއެވެ.

އެފްއޭއެމްއިން ތަބާވާ، އޭއެފްސީގެ އާއްމު ކްލަބް ލައިސެންސިން އުސޫލުން ހަގީގަތުގައި ކުޅުންތެރިންނަށް ދޭން ޖެހޭ މުސާރަ ނުދީ އޮއްވާ، އަނެއް ސީޒަންގައި ނުވެސް ކުޅެވޭނެއެވެ. އެކަމަކު ވެލެންސިޔާ ޓީމަށް މި އަހަރު ކުޅުމުގެ ފުރުސަތު ލިބިފައިވަނީ ކޮން ގޮތަކަށް ކަމެއް ނޭނގެއެވެ. އެފްއޭއެމަކުން މި މައްސަލައިގައި ވާހަކައެއް ނުދައްކައެވެ.

ރިޕޯޓްތައް ބުނާ ގޮތުން، ވެލެންސިއާ އިން މިދިޔަ ސީޒަނުގައި އެ ކްލަބަށް ކުޅުނު ސްޕެއިންގެ ފޯވާޑް ބޯހާސް މާޓިން އަށް ބައިލައްކައަށވުރެ ގިނަ ޑޮލަރު އެބައޮތެވެ. މި މައްސަލަ ފީފާއިން އަންނަނީ ބަލަމުންނެވެ. މީގެ އިތުރުން ދިވެހި ކުޅުންތެރިންނަށް މުސާރަ ނުދީ ހުރި މައްސަލަވެސް އެފްއޭއެމަށް ހުށަހަޅާފައިވާ ކަމަށްވަނީ މައުލޫމާތު ލިބިފައެވެ.

މުސާރަ މައްސަލައިގައި ވެލެންސިޔާއަށް ފީފާގެ އަދަބާ ކުރިމަތިވީއިރު، އެފްއޭއެމުން އެކަމުގައި މާ ބޮޑު ކަމެއް ކުރަމުން އަންނަތަނެއް ނުފެނެއެވެ. މީގެ ކުރިން ކުޅުންތެރިންނަށް މުސާރަ ނުދީގެން ރާއްޖޭގެ އެންމެ ބޮޑު ދެ ކްލަބު ކަމަށްވާ ނިއުރޭޑިއަންޓާ ވިކްޓްރީ ސަސްޕެންޑްކޮށް ގިނަ ދުވަސްތަކެއް އޮތުމަށް ފަހު ދެވަނަ ޑިވިޝަނަށް ރެލިގޭޓްވެސް ކުރިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް