ads
މާލެއަށް އުދަ އެރުން، ފޮޓޯ: ސީއެންއެމް
ބްރިޖާއި ހައިވޭ ސަރަހައްދަށް އުދަ އަރާފާނެތީ ސަމާލުވުމަށް އިލްތިމާސްކޮށްފި
ސިލަމާލެ ބްރިޖު ހައިވޭއާއި ގުޅޭ ހިސާބުން އުދައަރާތީ ދަތުރު ކުރާ ފަރާތްތަކުން އެކަމަށް ސަމާލުވުމަށް ފުލުހުން އެދިއްޖެއެވެ.

ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ބައެއް ރަށްތަކަށް މިއަދު އުދަ އަރާފާނެ ކަމަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ވަނީ ބުނެފައެެވެ. ދިޔަވަރު ބޮޑުވާ ގަޑިތަކުގައި މާލޭގެ ބައެއް ސަރަހައްދުތަކަށް އިއްޔެވެސް އަދި އޭގެ ކުރީ ދުވަހު ވެސް އުދަ އަރައި ގަލާއި ވެލި އަރާފައިވެއެވެ.

ފުލުނުން ބުނީ ސިނަމާލެ ބްރިޖާއި ހައިވޭ ގުޅޭ ހިސާބުން އެއާޕޯޓު ޓްރެފިކް ލައިޓް ކައިރިއަށް އުދަޔާއެކު ގަލާއި ވެލި އަރަމުންދާތީ، އެ ސަރަހައްދުން އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކުން ސަމާލުވުމަށް ދަންނަވާކަމަށެވެ.

ފާއިތުވެދިޔަ ހަފްތާއަކީ މޫސުން ގޯސް ހަފްތާއެކެވެ. އެ ހަފްތާގައި ރާއްޖޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހި ބައެއް ރަށްތަކަށް ގެއްލުންވެސް ވިއެވެ. މެޓް އޮފީހުން މިއަދު ބުނީ، މިއަދު ރާއްޖޭގެ މޫސުން އާންމު ގޮތެއްގައި ރަނގަޅުވާނެ ކަމަށެވެ.

ހުޅަނގާއި ހުޅަނގުއުތުރުން ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު ތިން މޭލާއި 10 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކޮށްފައިވާއިރު، އެހެން ހިސާބުތަކަށް ގަޑިއަކު ފަސް މޭލާއި 15 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަަމަށް ލަފާ ކޮށްފައި ވެއެވެ. އަދި ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަަމަށްވެސް ވަނީ ލަފާކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް