ads
ފ. ނިލަންދޫ--
ބަލިމަޑުކަމުން އަރައިނުގަނެވެނީ ނަޖިސް ލީކުވާތީ: ނިލަންދޫ ކައުންސިލް ރައީސް
ބަލިމަޑުކަމުން ނިލަންދޫ ރައްޔިތުން އަރައިނުގަނެވެނީ ޖަންކްޝަންތަކުގެ ނަޖިސް މަގުމައްޗަށް ލީކްވަމުން ދާތީ ކަމަށް، ގަބޫލް ކުރެވޭ ކަމަށް، ފ. ނިލަންދޫ ކައުންސިލް ރައީސް އަލީ އަހުމަދު ވިދާޅުވެއްޖެއެވެ.

އަލީ އަހުމަދު "ސީއެންއެމްޓީވީގެ" ރަށު ހަބަރު ޕޮރޮގުރާމްގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ނަރުދަމާ ނިޒާމެއް ނިލަންދޫގައި ގާއިމް ކޮށްފައިވަނީ ޕައިލެޓް ޕޮރޮޖެކްޓެއްގެ ދަށުން މީގެ 15 ވަރަށްކަށް އަހަރުގެ ކުރިންކަމަށެވެ. އެއީ ރައީސް މައުމޫނުގެ ދައުރުގައި ކަމަށާއި، ނަމަވެސް އެފަދަ ނިޒާމެއް ބެލެހެއްޓޭނެ ޓެކްނިކަލް މީހުން ނެތުމުގެ ސަބަބުން ބެލެހެއްޓޭނެ ވަސީލަތެއް ވެސް ގާއިމުވެފައި ނެތް ކަމަށެވެ.

އެ ނިޒާމް ގާއިމް ކުރިތާ ދެ އަހަރެއްގެ ތެރޭ އެ ނިޒާމް ފެއިލްވެފައިވާ ކަމަށްވެސް އަހުމަދު ވިދާޅުވިއެވެ. އޭގެ ސަބަބުން ރަށުގެ އެކި ސަރަހައްދު ތަކުންނާއި، ގޯތިތަކުގައި ވެސް ނަޖިސް މަގުމައްޗަށް އަރައިގެންދާ ކަމަށެވެ. އަދި ޝައްކުކުރެވެނީ ރަށުގައި ރޯގާ އާއި އެހެނިހެން ބަލިމަޑުކަން ވެސް އޮންނަނީ އެކަމުގެ ސަބަބުން ކަމަށް އަހުމަދު ވިދާޅުވެފައިވެއެވެ.

"މި ރަށަކީ މިހާރު އާދައިގެ ރޯގާ އާއި ކުދި ބަލިމަޑުކަމުން އަރައިގަނެވޭ ރަށެއްނޫން. އަޅުގަނޑު ބޮޑަށް ޝައްކު ކުރަނީ މިފަދަ ކަންތައްކުގެ ސަބަބުން ކަމަށް މި ކަންތައް ދިމާވަނީ. މި ރަށުގެ މީހުން ދިރިއުޅެން މި ޖެހެނީ ނަޖިހުގައި. އުމުރުން ދުވަސްވީ މިހުންނާއި ކުޑަކުދިން ތިބީ ނުރައްކާވާ ހާލަތެއްގައި،" އަހުމަދު ވިދާޅުވިއެވެ.

މިހާރު އެ ނިޒާމް އަޕްގްރޭޑް ކުރުމަށް ސާމާނު ރަށަށް އަރުވާފައިވާ ކަމަށާއި، ނަމަވެސް ސާމާނު ރަށަށް އަރުވާފައި ބެހެއްޓުމުން އެކަންތައް ރަނގަޅު ނުކުރެވޭނެ ކަމަށާއި، އެ ކަމުގައި ރައްޔިތުން ބޭނުންވަނީ އަވަސް ހައްލެއް ކަމަށްވެސް އަހުމަދު ވަނީ ވިދާޅުވެފައިއެވެ.

މި އަހަރު މޭ މަހުގައި ނިލަންދޫ ރައްޔިތުންނާއި، ބައްދަލު ކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ އަމާޒަކީ ހިޔާލު ތަފާތުވުންތަކާއެކު ރައްޔިތުންނަށް ބޭނުންވާ ތަރައްްގީ ގެނެސްދިނުމުގައި އެންމެން އެކީ މަސައްކަތްކުރުން ކަމަށެވެ.

ރަށްރަށުގައި އަދި އަތޮޅުތަކުގައި ކުރަންޖެހޭ އެންމެ ފުރަތަމަ ކަމަކީ އަސާސީ ހިދުމަތް ގާއިމްކޮށް ދިނުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ރައީސް ވިދާޅުވީ ބޯފެނާ ތައުލީމާއި، ސިއްހީ ހިދުމަތްވެސް ލިބިދޭންޖެހޭ ކަމަށެވެ. އަދި އެމަގަށް މި ސަރުކާރުން މަސައްކަތް ކުރަމުން ގެންދަވާ ކަމަށެވެ.

ނަމަވެސް އަހުމަދު ވިދާޅުވެފައިވަނީ ނިލަންދޫ އަކީ އާބާދީބޮޑު ވަސީލަތްތައް ގިނަ ރަށަކަށް ވާއިރުވެސް ޒަރޫރީ އެތައްބޭނުންތަކެއް އެރަށުގައި ފުރިހަމަ ނުވާކަމަށެވެ. އެކަމުގައި ނުފޮރުޅާ އެންމެ ގަލެއްވެސް ނެތް ކަމަށާއި، އެކަންތަކުގައި ހައްލު ހޯދުމަށް ކެޑިނޭޅި މަސައްކަތްތަކެއް ކުރެވެމުން އަންނަކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް