ads
ޅައިމަގުގައި މަސައްކަތްތައް ކުރިއަށްދާ ގޮތް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ބައްލަވާލައްވަނީ: ވިދާޅުވީ މަޝްރޫއުގެ ޑިޒައިނަށް ބަދަލު ގެނައުމުން މަސައްކަތް ލަސްވާކަމަށް - ފޮޓޯ:އެމްޓީސީސީ
މަޝްރޫއު ފެށުމަށްފަހު ޑިޒައިނަށް ބަދަލު ގެނައުމުން މަސައްކަތް ލަސްވޭ: އާޒިމް
މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ފެށުމަށްފަހު، މަޝްރޫއުގެ ޑިޒައިނަށް ބަދަލު ގެންނަން ޖެހުމުން މަޝްރޫއުގެ މަސައްކަތް ނިންމުން ލަސްވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ރަށްރަށުގައި އުމްރާނީ ތަރައްގީގެ މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ފަށާ ފަހުން މަޝްރޫއުތަކުގެ ޑިޒައިނަށް ބަދަލު ގެނައުމަށް ބައެއް ރަށްރަށުން އެދެމުންދާ ދިއުމާ ގުޅޭގޮތުން ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން އާޒިމް ވިދާޅުވީ ބައެއް ރަށްރަށުގެ ރައްޔިތުންނާއި ކައުންސިލުތަކުން މަޝްރޫތަކަށް ބަދަލު ގެނައުމަށް އެދެމުންދާ ކަމަށެވެ.

އާޒިމް ވިދާޅުވެފައިވަނީ މަޝްރޫއުގެ ޑިޒައިނަކީ ދިރާސާތަކާއި އީއައިއޭ ރިޕޯޓުތަކުގެ މައްޗަށް ބިނާކޮށް ކަމުގެ ތަޖުރިބާކާރުން އެކުލަވާލާ ޑިޒައިންތަކެއް ކަމަށެވެ. އެ ކަންކަން ނިންމައި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށްފަހު މަޝްރޫއުގެ ޑިޒައިނަށް ބަދަލު ގެންނަން ޖެހުމުން ދައުލަތަށް މާލީގޮތުންނާއި އެހެނިހެން ގޮތްގޮތުން އުފުލަން ޖެހޭ ބުރަ ވަރަށް ބޮޑުވާ ކަމަށް އާޒިމް ވިދާޅުވިއެވެ.

ށ. ޅައިމަގު ބަނދަރު ހެދުމުގެ މަސައްކަތަކީ މަޝްރޫއު ފެށިފަހުން ޑިޒައިނަށް ބަދަލު ގެންނަން ޖެހުމުން މަސައްކަތް ލަސްވެފައިވާ މަޝްރޫއެއް ކަމަށް އެމްޓީސީސީން ބުނެއެވެ. އެމްޓީސީސީން ބުނި ގޮތުގައި ޅައިމަގު ބަނދަރުގެ މަސައްކަތަކީ އެ ކުންފުނީގެ ތާރީހުގައި ހިންގި މަޝްރޫއުތަކުގެ ތެރެއިން އެންމެ ގިނަ އަދަދަކަށް ބަދަލު ގެންނަން ޖެހުނު މަސައްކަތް ކަމުގައެވެ. އެގޮތުން މަޝްރޫއުގެ މަސައްކަތް ފެށިފަހުން ރައްޔިތުންނާއި ކައުންސިލުން އެދިގެން ބަނދަރުގެ ޑިޒައިނަށް 10 ވަރަކަށް ބަދަލު ގެނެސްފައިވާ ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.

your imageޅައިމަގު ބަނދަރު: މަޝްރޫއުގެ 83 އިންސައްތަ މަސައްކަތް ވަނީ ނިމިފައި - ފޮޓޯ:އެމްޓީސީސީ

އެމްޓީސީސީން ބުނީ މަޝްރޫއުތަކުގެ މަސައްކަތް އަވަހަށް ނިންމުމަށް ރައްޔިތުންނާއި ކައުންސިލުތަކުގެ އެއްބާރުލުމާއި އެހީތެރިކަން ބޭނުންވާ ކަމަށެވެ. އެ ކުންފުނީގެ ޓީމުތަކުން ރަށްރަށަށް ދަތުރުކުރުމުގެ ކުރިން މަޝްރޫތަކާ ގުޅުންހުރި ނިންމުންތައް ރައްޔިތުންނާއި ކައުންސިލުތަކުން ގުޅިގެން ނިންމުމަކީ މަސައްކަތް ލަސްވުމާއި އިތުރު ހޭދަތައް ނުކޮށް މަޝްރޫއުތަކުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް އެ ރަށަކުން ދެވޭ އެއްބާރުލުމަކަށް ވާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް