ads
ރުސްތަމް---ފޮޓޯ:ވަގުތު
އިސްލާމްދީނަށް ފުރައްސާރަ ކުރާ ރުސްތަމް އަނެއްކާ ވެސް ހައްޔަރުކޮށްފި
ދީނަށް ފުރައްސާރަ ކުރާ ގދ. ތިނަދޫ، ރުސްތަމް، ކޯޓު އަމުރެއްގެ ދަށުން އަނެއްކާ ވެސް ހައްޔަރުކޮށްފި އެވެ.

ސޯޝަލް މީޑިއާގައި ވެސް އިސްލާމް ދީނަށް ފުރައްސާރަ ކުރަމުން އަންނަ، ރުސްތަމް ފުލުހުން ހައްޔަރުކޮށްފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހު އެވެ.

ފުލުހުން ބުނީ ރުސްތަމުގެ މައްސަލައިގައި ތަހުގީގު ފުރިހަމަ ކުރުމަށްފަހު ދައުވާ ކޮށްދިނުމަށް އެދި ފުލުހުން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ދިހަ ވަނަ ދުވަހު ޕީޖީއަށް ފޮނުވާފައިވާ ކަމަށެވެ. ނަމަވެސް މައްސަލަ ކޯޓުގައި އޮއްވާ، އޭނާ ދޫކޮށްލީ މިމަހުގެ ނުވަ ވަނަ ދުވަހު، ކޯޓުން ކަމަށް ވެސް ފުލުހުން ބުނެ އެވެ.

ފުލުހުން މިއަދު ބުނީ ދީނަށް ފުރައްސާރަ ކުރުމާއި ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ނަގާލުމަށް މަސައްކަތްކުރާ އަދި މުޖުތަމައުގެ ސުލްހަ މަސަލަސްކަން ނަގާލުމަށް މަސައްކަތް ކުރަމުންދާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި އިއްޔެ ހެނދުނުގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން 37 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. 

ފުލުހުން ބުނި ގޮތުގައި އޭނާ ހައްޔަރުކޮށްފައި ވަނީ މާލެއިންނެވެ. ފުުލުހުން އިތުރަށް ބުނި ގޮތުގައި ހައްޔަރުކުރި އެމީހާއަކީ 2019 ވަނަ އަހަރު، ތިނަދޫން ވެސް ހަމަ އެ ބާވަތުގެ މައްސަލައެއްގައި ހައްޔަރުކުރި މީހެކެވެ.

މި މައްސަލަ އިތުރަށް ދަނީ ތަހުގީގުކުރަމުންނެވެ. ކޯޓުން ރުސްތަމް ދޫކޮށްލި ފަހުން ވެސް އޭނާ އަންނަނީ ދީނަށް ފުރައްސާރަކޮށް ޕޯސްޓްތައް ސޯޝަލް މީޑިއާއަށް ހިއްސާކުރަމުންނެވެ. 

ފުލުހުންގެ ތަރުޖަމާނު، އިޒްމިހާ ޒާހިރު ވިދާޅުވީ އިސްލާމް ދީނަށް ތައުހީނުކޮށް ދީނީ އެއްބައިވަންތަ ކަމުގެ ގާނޫނާ ހިލާފުވާފަދަ ކޮންޓެންޓު ޓުވީޓު ކުރާ ކަމަށް ޝަކުވާ ލިބެމުން އަންނަ ކަމަށެވެ. 

އެގޮތުން ފުލުހުން ބަލަން ޖެހޭ ކަންކަންބެލުމަށްފަހު އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް އިޒްމިއާ ވަނީ ވިދާޅުވެފަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް