ads
އުރްދީ ޖާވިދު
އަމީޝާ ދެއްކި ވާހަކަތަކުން އުރުފީ ރަތަށް
ބިގް ބޮސް އޯޓީޓީގައި އުޅެނީ "އެއްޖިންސުން ގުޅުން ހިންގާ ބައެއް" ކަމަށް ބުނެ އަމިޝާ ޕަޓޭލް ވާހަކަ ދެއްކުމުން އެމަކަށް ހޫނު ރައްދެއް އުރުފީ ޖާވިދު ދީފިއެވެ.
Advertisement

"ބޮލީވުޑް ހަންގާމާއަށް" ދިން އިންޓަވިއުއެއްގައި އަމިޝާ ޕަޓޭލް ބުނީ އޯޓީޓީ ޕްލެޓްފޯމްތަކަކީ "އެއްޖިންސުން ގުޅުން ހިންގުމާއި ގޭ ލެސްބިއަނިޒަމް އިން ފުރިފައިވާ" ޕްލެޓްފޯމްތަކެއް ކަމަށް ހީވާ ކަމަށެވެ. މިކަމުގެ ސަބަބުން އާއިލާތަކަށް އެކުގައި ކޮންޓެންޓް ބަލަން އުނދަގޫވާ ކަމަށެވެ.

މި މައްސަލައިގައި ރުޅި އައިސް އުރުފީ ޖާވިދު އޭނާގެ އިންސްޓަގްރާމް ސްޓޯރީސް އަށް ވަދެ ޕަޓޭލްގެ ކޮމެންޓްތަކަށް ފާޑުކިޔައި، އެއީ "ހޯމޯފޯބިކް" އަދި "ޖާހިލު" ކޮމެންޓްތަކެއް ކަމަށް ބުނެފައިވެއެވެ. އަދި ޕަޓޭލް އަކީ "ރަހުމުކުޑަ" މީހެއް ކަމަށް ބުނެ އޭނާއަށް "25 އަހަރު ވަންދެން މަސައްކަތެއް ނުލިބޭ" ކަމަށް ވެސް އުރުފީ ބުންޏެވެ.

އުރުފީ ވާހަކަތަކަށް ތަފާތު ރިއެކްޝަންތަކެއް ވަނީ ލިބިފައެވެ. ބައެއް މީހުން އޭނާއަށް ތާއީދުކޮށްފައިވާއިރު، އަނެއް ބަޔަކު ވަނީ މާ ހަރުކަށި ކަމަށް ބުނެ ފާޑުކިޔާފައެވެ.

"ބިގްބޮސް އޯޓީޓީ 2" ގައި އުރުފީ ފެނިގެން ދިޔައެވެ. މިހެންކަމުން އުރުފީގެ ރުޅިގަނޑު އަމީޝާއަށް ބޭލީ އޭނާއަކީ ވެސް އެއްޖިންސުން ގުޅުން ހިންގާ މީހެއްކަަމަށް ދޭހަވާގޮތައް އަމީޝާ ވާހަކަ ދެއްކުމުންނެވެ. 

59%
ކަމުގޮސްފި
17%
އަޑުއެހިތާ މިހުރީ
7%
ސަތޭކައަކުން ސުމެއް
17%
ވަރަށް ސަލާމް
ކޮމެންޓްސް