ads
ފޮޓޯ އިންޑިޕެންޑެންޓު
ގާސިމް އާއި ނާޒިމް އަށް ޖެހުނު ހާލު އިމްރާން ހަނދާންކޮށްދެއްވައިފި
ށ. އަތޮޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ދެވަނަ ދައުރެއް ހޯއްދެވުމަށް ކުރައްވާ ކެންޕޭނުގައި ވާހަކަ ދައްކަވަމުން ކުރީގެ ރައީސް އަބްދުﷲ ޔާމިންގެ ވެރިކަމުގައި ކާނަލް މުހައްމަދު ނަޒިމް އަދި ގާސިމް އިބްރާހިމް އަށް ޖެހިވަޑައިގަތް ހާލު ހޯމް މިނިސްޓަރު އިމްރަން އަބްދުﷲ ހަނދާކޮށްދެއްވައިފިއެވެ.

މިގޮތުން އިމްރާން ވިދާޅުވީ، ޑިނެފްސް މިނިސްޓަރުގެ ގެކޮޅަށް ދަންވަރު ފިސްތޯލެއް ވައްދައިގެން އެ ހޯދަން ސިފައިންނާ ފުލުހުން ރައީސް ސާލިހުގެ ވެރިކަމުގައި ނުވަންނާނެކަމަށެވެ. އަދި ނޭގި ހުއްޓާ އެތައް މިލިއަން ޑޮލަރެއް އިންވެސްޓުކޮށްފައިވާ، ރަށްތައް ދައުލަތަޢް ނަގައިގެން އެޑްމިޓް ކުރާ ހިސާބަށްވެސް ކަންކަން ނުދާނެކަމަށް ވެސް ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް ވިދާޅުވިއެވެ. 

"ރޭގަނޑު އާއިލާއެކު ނިދާފައި އޮއްވާ ޑިފެންސް މިނިސްޓަރުގެ ގެއަށް ފިސްތޯލައެއް ގެންގޮސްގެން ކުޑަގޮޅިއަށް ގަންނަވައެއް ނުލާނެ. ސިޔާސީ މަސައްކަތެއް ކުރިހާ ބަޔަކު ދާޖަހައިގެން ގެންގޮސް ގޮޅިތަކުގެ ތެރެއަށް އަޅާލި ދުވަސް ދިވެހިން ދެކެން ބޭނުމެއް ނުވާނެ،" މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.

އިމްރާން އެ އިޝާރަތް ކުރައްވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމިންގެ ވެރިަމުގައި ޑިފެންސް މިނިސްޓަރު ކަމުގައި ހުންނެވި ކާނަލް ނާޒިމްގެ ގެއަށް ފުލުހުން ވަދެ ފިސްތޯލު ގެންގުޅުނު ކަަމަށް ތުހުމަތުކޮށް ނާޒިމް ހައްޔަރު ކުރެވުނު ވާހަކައާއި، ރައީސް އަބްދުﷲ ޔާމިންގެ ވެރިކަމުގައި ކޯޓަށް ވަޑައިގަތުމަށް ގާސިމް އިބްރާހިމް އަށް ޗިޓް ލިބިވަޑައިގަތުމުން އާލާސްކަންފުޅު ޖެހިވަޑައިގެން ގާސިމް އިބްރާހިމް އެޑްމިޓް ކުރެއްވި ވާހަކަކަމަށް ބެލެވެއެވެ.

"އެތައް މިލިއަން ޑޮލަރަކުން އިންވެސްޓުކޮށް ހަރަދުކޮށްފަވާ ރަށްތަކާ ފާޅުތައް ނޭގި ހުއްޓާ އަތިލާ ހޮސްޕިޓަލަށް ހާލުގަ ވައްދާ ބޭރަށް ފުރުވާލެވޭ ދުވަސް ތަކުރާރުވާކަށް ދިވެހި ރައްޔިތަކު ނޭދޭނެ،" - އިމްރާން-

ޖުމްހޫރީ ޕާޓީގެ ފަރާތުން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނީ ގާސިމް އިބްރާހިމްއެވެ. އަދި އެމްއެންޕީގެ ފަރާތުން ވާދަކުރައްވަނީ ކާނަލް ނާޒިމް އެވެ. މި ދެ ބޭފުޅުންނަކީ މިވެރިކަން ފެށުނުއިރު ރައީސް ސާލިހާއެކު ކޯލިޝަން ހައްދަވައިގެން ތިއްބެވި ބޭފުޅުންނެވެ.  

75%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް