ads
ހެލިކޮޕްޓަރު
ނޭޕާލުގައި ހެލިކޮޕްޓަރެއް ވެއްޓި ހަ މީހުން މަރުވެއްޖެ
ނޭޕާލުގައި ހެލިކޮޕްޓަރު ވެއްޓި ހަ މީހަކު މަރުވެެއްޖެއެވެ.

މަރުވި މީހުންގެ ތެރޭގައި މެކްސިކޯގެ ފަސް މީހުން ހިމެނެ އެވެ. މި ބޯޓު ވެއްޓިފައިވަނީ އިއްޔެ ނޭޕާލްގެ މުސްޓަންގް ޑިސްޓްރިކްޓްގައެވެ. ހެލިކޮޕްޓަރު ވެއްޓުނު ސަބަބު އަދިވެސް ދަނީ ތަހުގީގު ކުރަމުންނެވެ.

އެ ހެލިކޮޕްޓަރަކީ ސަމިޓް އެއާ އިން އޮޕަރޭޓްކުރި ޓްވިން އޮޓާ އެވެ. މި ބޯޓު ވެއްޓިފައިވަނީ ގާތްގަނޑަކަށް 14،000 ފޫޓު އުސްމިނުންނެވެ.  ހެލިކޮޕްޓަރުގެ ބައިތައް ފެނިފައިވަނީ މުސްޓަންގް ޑިސްޓްރިކްޓްގެ ދުރު ސަރަހައްދަކުންނެވެ.

މި ހާދިސާގައި މަރުވި މީހުންގެ ހަށިގަނޑުތައް ހޯދައި ދެނެގަތުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް