ads
މަގު ހެދުމުގެ މަސައްކަތް ކުރަނިކޮށް ވެއްޓުނު ފާރު: ތިން މީހަކަށް ވަނީ އަނިޔާވެފައި - ފޮޓޯ:ކައުންސިލުގެ ރައީސް
ފާރު ދަށުވި ދެ މީހުން ހޮސްޕިޓަލުން ދޫކޮށްލައިފި، އެކަކުގެ ހާލު ސީރިއަސް
ނ. ހޮޅުދޫގައި މަގު ހެދުމުގެ މަސައްކަތް ކުރަމުން އަންނަނިކޮށް އިއްޔެ ފާރެއް ވެއްޓި ޒަހަމްވީ މީހުންގެ ތެރެއިން 2 މީހަކު ހޮސްޕިޓަލުން ދޫކޮށްލާފައިވާކަމަށާއި، އޭގެ ތެރެއިން އެކަކުގެ ހާލު ސީރިއަސް ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

މި ހާދިސާގައި މުޅިންވެސް އަނިޔާވެފައިވަނީ ހޮޅު ދޫ މީހުންނަށެވެ. އޭގެތެރެއިން އެކަކު ބޯ ފެޅިފައިވާއިރު، އެކަކުގެ އަތް ވަނީ ބިނދިފައެވެ. އަދި ހާލު ސީރިއަސް ވެގެން އަދިވެސް ފަރުވާ ދެމުން އަންނަނީ ޅިނދު ކަށިގަނޑު ތިން ތަނަކުން ބިނދުނު މީހާކަމަށް މައުލޫމާތު ލިބިއެވެ. 

އެ ތިންމީހުންނަށް ހޮޅުދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށްފަހު ވަނީ ރ. އަތޮޅު ރީޖަނަލް ހޮސްޕިޓަލަށް އިތުރު ފަރުވާއަށް ގެންގޮސްފައެވެ. 

މި ހާދިސާގައި އަނިޔާވީ 22، 50 އަދި 60 އަހަރު މީހެކެވެ. 

އާރުޑީސީއިން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އެމީހުންގެ ހާލު ވަރަށް ގާތުން ބަލަމުން އަންނަ ކަމަށާއި، އެމީހުންގެ ބޭސްފަރުވާއާއި އެހެނިހެން ހަރަދުތައްް ހަމަޖައްސަމުން ގެންދާކަމަށެވެ.

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
67%
ވަރަށް ސަލާމް
ކޮމެންޓްސް