ads
ސިންގަޕޫރުގެ ބިލިއަނަރު
ރާއްޖެއާއި ގާތްގުޅުމެއް އޮންނަ ސިންގަޕޫރުގެ ބިލިއަނަރު ހައްޔަރުކުރަނީ
ރާއްޖޭގައި ނުވަ ރިސޯޓް ހިންގަމުން އަންނަ ސިންގަޕޫރުގެ ބިލިއަނަރު އޯންގް ބެންގް ސެންގް ހައްޔަރުކުރުމަށް އެ ގައުމުން މިއަދު ނޯޓިހެއް ނެރެފިއެވެ.

ސިންގަޕޫރުގެ ނޫސްތަކުގައި ވާ ގޮތުން، އޯންގް ހައްޔަރު ކުރަން ނިންމީ، އެ ގައުމުގެ އެންޓި-ކޮރަޕްޝަން އިދާރާ، ކޮރަޕްޓް ޕްރެކްޓިސެސް އިންވެސްޓިގޭޝަން ބިއުރޯ (ސީޕީއައިބީ) އިން ތަހުގީގު ކުރާ މައްސަލައަކާ ގުޅިގެންނެވެ. އެއީ ސިންގަޕޫރުގެ ޓްރާންސްޕޯޓް މިނިސްޓަރު އެސް އިސްވަރަންއާ ގުޅިފައިވާ ހިޔާނާތުގެ މައްސަލައެކެވެ.

ފޯ ސީޒަން އާއި ސިކްސް ސެންސް ފަދަ މަޝްހޫރު ބްރޭންޑްތަކުގެ ރިސޯޓުތައް ރާއްޖޭގައި ހިންގާ އޯންގް މިވަގުތު ހުރީ ގައުމުން ބޭރުގައެވެ.

ސެންގްގެ ކުންފުނި ހޮޓެލް ޕްރޮޕަޓީސް ލިމިޓެޑް (އެޗްޕީއެލް) ގެ ނޫސްބަޔާނުގައި ބުނީ އެ މައްސަލައިގެ ތަހުގީގަށް ސެންގު ފުރިހަމައަށް އެއްބާރުލުން ދޭ ކަމަށާއި މިއަދު އަނބުރާ ގައުމަށް ގޮސް އޭނާގެ ޕާސްޕޯޓް ސީޕީއައިބީއާ ހަވާލުކުރާނެ ކަމަށެވެ.

25%
ކަމުގޮސްފި
75%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް