ads
ނ. ހޮޅުދޫ
ފާރު ދަށުވެ އަނިޔާވި ތިން މީހުން ފަރުވާއަށްފަހު ދޫކޮށްލައިފި
ނ. ހޮޅުދޫގައި ފާރެއް ވެއްޓިގެން އަނިޔާވި އެރަށު ތިން މީހުން ވެސް ހޮސްޕިޓަލުން މިއަދު ދޫކޮށްލައިފިއެވެ.

އެމީހުންގެ ގަޔަށް ފާރު ވެއްޓުނީ ރޯޑް ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އާރުޑީސީ) ގެ މަސައްކަތެއްގައި މަގު ކޮންނަމުން ދަނިކޮށް މިދިޔަ ހަފްތާގެ އަންގާރަ ދުވަހުއެވެ.

ވެއްޓުނު ފާރުގައި ހުރީ ވެލިފުންޏެއް ލައްގާފައެވެ. އަދި އެމީހުން ކޮނުނީ ފާރާއި ވަރަށް ކައިރިންނެވެ. 

your imageމަގު ހެދުމުގެ މަސައްކަތް ކުރަނިކޮށް ވެއްޓުނު ފާރު: ތިން މީހަކަށް ވަނީ އަނިޔާވެފައި - ފޮޓޯ:ކައުންސިލުގެ ރައީސް


ދެ މީހަކަށް ފަރުވާ ދިނުމަށްފަހު އެ ދުވަހު ދޫކޮށްލި ނަމަވެސް، ބޮޑަށް އަނިޔާވި މީހާ ދޫކޮށްލީ މިއަދުއެވެ. އެމީހުންނަށް ލިބުނު އަނިޔާ ތަކުގެ ތެރެގައި އަތް ބިންދައިގެން ދިއުމާއި، ބޯ ފަޅައިގެން ދިއުން އަދި އުނަގަނޑަށް އަނިޔާވުން ހިމެނެއެވެ.

ގިނަ ދުވަހު ފަރުވާ ދީފައިވަނީ އުނަގަނޑަށް އަނިޔާވި މީހާއަށެވެ.

އެ ތިންމީހުންނަށް ހޮޅުދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށްފަހު އިތުރުފަރުވާއަށް ގެންދިޔައ ރ. އަތޮޅު ރީޖަނަލް ހޮސްޕިޓަލަށް، އުނގޫފާރަށެވެ. ތިން މީހުން ވެސް މިއަދު ވަނީ އަނބުރާ ހޮޅުދޫއަށް ގޮސްފައެވެ. 

މި ހާދިސާގައި އަނިޔާވީ 22، 50 އަދި 60 އަހަރު މީހެކެވެ. 

އާރުޑީސީއިން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އެމީހުންގެ ހާލު ވަރަށް ގާތުން ބަލަމުން އަންނަ ކަމަށާއި، އެމީހުންގެ ބޭސްފަރުވާއާއި އެހެނިހެން ހަރަދުތައްް ހަމަޖައްސަމުން ގެންދާކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް