އެ ކުންފުނީގެ އެންމެ އިސްވެރިންގެ މެދުގައި މިއަދު ބޭއްވި ބައްދަލުވުމަކީ ކޮވިޑް-19 ގެ ހާލަތު ގޯސްވާނަމަ ވިޔަފާރިއަށް ކުރިތިމަތިވެ ވެދާނެ ދަތިތަކާއެކު ކުރިއަށްދާނެ ގޮތަކާ ގުޅިގެން މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުމެކެވެ.
އޭގެ އިތުރުން ވެސް އެމްއޭސީއެލްގެ އެކްޓިން މެނޭޖިން ޑިރެކްޓަރު މޫސާ ސޯލިހު މިއަދު ވަނީ ސިވިލް އޭވއޭޝަން އޮތޯރިޓީއާއެކު އޮތް ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގެންފަ އެވެ.
އެ ބައްދަލުވުމުގެ މަގްސަދަކީ ރާއްޖޭގެ ހުރިހާ އެއާޕޯޓް އޮޕަރޭޓަރުންނާއެކު މަޝްވަރާކޮށް، އެއާޕޯޓުތަކުގައި ކޮވިޑް-19 އިން ރައްކާތެރިވުމަށް ތައްޔާރުވެފައިވާ މިންވަރާ މެދު ހިޔާލު ބަދަލު ކުރުމެވެ.