ads
ގެވެށި އަނިޔާގެ ޝިކާރައަކަށްވެއްޖެނަމަ ރިޕޯޓްކުރޭ!
ދުނިޔެ ހޫނުވުމުގެ ސަބަބުން ދެކުނު އޭޝިއާގައި ގެވެށި އަނިޔާ އިތުރުވަނީ
ދުނިޔޭ ހޫނުވުމުގެ ސަބަބުން ދެކުނު އޭޝިއާގެ އަންހެނުންނަށް ދިމާވާ ގެވެށިއަނިޔާގެ މައްސަލަތައް އިތުރުވަމުން އަންނަކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

"ޖާމާ ސައިކިއޭޓްރީ" ޖާނަލްގައި ޝާއިއުކޮށްފައިވާ މި ދިރާސާގައި އިންޑިއާ، ޕާކިސްތާން އަދި ނޭޕާލްގެ 194،871 އަންހެނުންގެ ޑޭޓާ ބަލާފައިވެއެވެ.

މި ދިރާސާއިން ދައްކާ ގޮތުގައި  އެވްރެޖް ފިނިހޫނުމިން 1 ޑިގްރީ ސެލްސިއަސް އަށް އިތުރުވުމަކީ ޖިސްމާނީ އަދި ޖިންސީ ގެވެށި އަނިޔާގެ ހާދިސާތަކުގައި %6.3 އަށް ވުރެ މައްޗަށް ދިއުމާ ގުޅުން ހުރި ކަމެކެވެ.

ތިން ގައުމުގެ ތެރެއިން އެންމެ ބޮޑަށް މި މައްސަލަ ކުރިމަތިވެފައިވާނީ އިންޑިއާއަށެވެ. އިންޑިއާއަށް 1 ޑިގްރީ ސެލްސިއަސް ހޫނުމިން  މައްޗަށް ދިއުމުން ޖިސްމާނީ އަނިޔާ %8 އިތުރުވެ ޖިންސީ އަނިޔާ %7.3 އިތުރުވެފައިވެއެވެ.

މި ދިރާސާގެ ލިޔުންތެރިން ގަބޫލުކުރާ ގޮތުގައި މޫސުމީ ދަތިކަމާއި ގެވެށި އަނިޔާއާ ދެމެދު އޮންނަ ގުޅުމަކީ ގިނަ ކަންތައްތަކެއްގެ ސަބަބުންނެވެ.

އިޤްތިސާދީ ހީނަރުކަން: މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ހިއްކާ ތަންތަނާއި ފެންބޮޑުވުން ފަދަ މޫސުން ގޯސްވުމުގެ ސަބަބުން ގޭބިސީތަކުގެ މާލިއްޔަތަށް ބުރައެއް ކުރިމަތިވެދާނެއެވެ. މިކަމުގެ ސަބަބުން އާއިލާތަކުގެ ތެރޭގައި ސްޓްރެސް އާއި ކޯޅުން އިތުރުވެ، ގެވެށި އަނިޔާގެ ނުރައްކާ އިތުރުވެދާނެއެވެ.

އިޖުތިމާއީ މައްސަލަތައް: މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ވެސް އިޖުތިމާޢީ ބުރޫއެރުމަކީ، މީހުން ގެދޮރުން ބަދަލުވާން ނުވަތަ ދިރިއުޅުން ބަދަލުކުރަން މަޖުބޫރުވުމެވެ. މިކަމުގެ ސަބަބުން ރައްކާތެރިކަމެއް ނެތްކަމުގެ އިހުސާސްތަކާއި ހާސްކަން އުފެދި، ގެވެށި އަނިޔާގެ ނުރައްކާ ވެސް އިތުރުވެދާނެއެވެ.

މިންތީހަ ހަމަހަމަކަން ނެތުން: ދެކުނު އޭޝިއާ އަކީ މިންތީގެ ހަމަހަމަކން ނެތުމުން އަދިވެސް ވަރަށް ބޮޑަށް މައްސަލައަކަށް ވެފައިވާ ސަރަހައްދެކެވެ. މާނައަކީ ގިނަ ފަހަރަށް އަންހެނުންނަކީ ގޭތެރޭގައި ވެސް އަދި މުޖުތަމައުގައި ވެސް އަނިޔާގެ ލިބުމުގެ ފުރުސަތު ދެކުނު އޭޝިއާގައި ބޮޑެވެ. 

މި ދިރާސާގެ ލިޔުންތެރިން ގޮވާލަނީ މޫސުމީ ދަތިކަމާއި ގެވެށި އަނިޔާއާ އޮންނަ ގުޅުން ހައްލުކުރުމަށް ފިޔަވަޅު އެޅުމަށެވެ. އެމީހުން ލަފާދެނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އާއިލާތަކަށް ކުރާ އިގްތިސާދީ އަދި އިޖުތިމާއީ އަސަރުތަކާ ކުރިމަތިލުމަށް އެހީތެރިވެދޭ ޕްރޮގްރާމްތަކަށް ސަރުކާރުތަކުން އިންވެސްޓް ކުރަން ޖެހޭ ކަމަށާއި، ޖެންޑަރ އިކުއަލިޓީ ކުރިއެރުވުމަށް ވެސް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް