ads
ބުރިޖުގައި ސައިކަލު ދުއްވަނީ
ސިނަމާލެ ބުރިޖު ސަރަހައްދުގައި ޓްރެފިކް މެނުއަލްކޮށް ބަލަހައްޓަނީ
މާލެއާއި ހުޅުލެ ގުޅާލުމަށް އަޅާފައިވާ ސިނަމާލެ ބުރިޖު ސަރަހައްދުގައި ފުލުހުން މެނުއަލްކޮށް ޓްރެފިކް ބަލަހައްޓަން ފަށައިފިއެވެ.

ފުލުހުން މެނުއަލްކޮށް ޓްރެފިކް ބަލަހައްޓަމުން އަންނަނީ އެ ސަރަހައްދުގައި ހުރި ލައިޓުތައް "އެރޯ ޓްރެފިކް ލައިޓް" ސިސްޓަމަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރާތީއެވެ. 

ފުލުހުން ވަނީ މެނުއަލްކޮށް ޓްރެފިކް ބަލަހައްޓާއިރު ފުލުހުންގެ އިރުޝާދުތަކަށް އަމަލުކުރަން އިލްތިމާސްކޮށްފަ އެވެ.

ބްރިޖްގައި އަލަށް ހަރުކުރާ "އެރޯ ޓްރެފިކް" ލައިޓަކީ ވެހިކަލް ދާންވީ މިސްރާބު ދައްކުވައިދޭ ލައިޓްތަކެވެ. ބުރިޖު ސަރަހައްދުގައި ބާރު ބޮޑުވާ ވަގުތުތަކުގައި މެނުއަލްކޮށް މީގެ ކުރިން ވެސް ފުލުހުން ވަނީ ޓްރެފިކް ބަލަހައްޓާފައެވެ. 

ބްރިޖުގެ ޓްރެފިކް ބެލެހެއްޓުމާއި ސަލާމަތީ ކަންކަން ހަރުދަނާ ކުރުމަށް ބުރިޖުގައި މިހާވަނީ ރަނގަޅު ފެންވަރެއްގެ ކެމެރާ ސިސްޓަމެއްވެސް ހަރުކުރެވިފައެވެ. އެ ކެމެރާތައް ހަރުކުރީ އަދުހަމް ކިޔާ މީހަކު ޓެކްސީ ޑްރައިވަރެއް މަރާލި ހާދިސާއަށް ފަހުއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް