ads
ގޯތި ކޮމިޓީގެ ބައްދަލުވުމެއް ކުރިއަށް ދަނީ: މާލެ ސަރަހައްދުން ގޯތި ލިބޭ މީހުންގެ ލިސްޓަށް ލިބިފައިވަނީ 800 ޝަކުވާ ކަމަށް ވަނީ ހާމަކޮށްފައި - ފޮޓޯ:ޕްލޭނިން މިނިސްޓްރީ
މާލޭ ސަރަހައްދުން ގޯތި ލިބޭ މީހުންގެ ލިސްޓަށް ލިބިފައިވަނީ 800 ޝަކުވާ
ސަރުކާރުން ހިންގާ ބިންވެރިޔާ ސްކީމުގެ ދަށުން ދޫކުރާ ގޯތިތަކަށް ޝަކުވާ ހުށައެޅުމަށް ހުޅުވާލި މުއްދަތު އިއްޔެއަށް ހަމަވިއިރު ލިބިފައިވަނީ 800 ޝަކުވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.

ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވެފައިވަނީ ބިންވެރިޔާ ސްކީމުގެ ދަށުން ގޯއްޗަށް ޝަރުތު ހަމަވާ މީހުންގެ ލިސްޓަށް މައިގަނޑު ގޮތެއްގައި ލިބިފައިވަނީ މައުލޫމާތު ސާފުކުރުމުގެ ޝަކުވާތައް ކަމަށެވެ.

ލިސްޓަށް މާބޮޑެތި ޝަކުވާތަކެއް ލިބިފައި ނުވާ ކަން ފާހަގަކުރައްވާ އަކްރަމް ވިދާޅުވީ ޝަކުވާތަކަށް ބެލުމަށްފަހު ލިސްޓަށް ބަދަލެއް ގެންނަން ޖެހޭ ނަމަ އެކަން ކުރައްވާނެ ކަމަށެވެ.

ދާއިމީ ލިސްޓު ނެރޭނީ ޖޮއިންޓް އެޕްލިކޭޝަންތައް ޕްރޮސެސްކޮށް ނިމުމުން ކަމަށާއި އެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް އަކްރަމް ވިދާޅުވިއެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަހައްދުން ދޫކުރާ ގޯތީގެ ލިސްޓު އާންމުކޮށްފައިވަނީ މިދިޔަ ޖޫން މަހުގެ 26 ވަނަ ދުވަހުއެވެ. އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ.

މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމަށް ނިންމާފައިވަނީ ހުޅުމާލޭގެ އިތުރުން ގިރާވަރު ފަޅާއި ގުޅީފަޅު ހިއްކައިގެންނެވެ.

ގޯތި ލިބޭ މީހުންގެ ލިސްޓަށް ހުށަހެޅި ޝަކުވާތައް ބެލުމަށްފަހު އަންނަ މަހު ގޯތިތައް ހަވާލުކުރުމުގެ މަސައްކަތް ފެށުމަށް ވަނީ ނިންމާފައެވެ.

ސަރުކާރުން ބުނި ގޮތުގައި ސިންގަލް އެޕްލިކަންޓުގެ ގޮތުގައާއި އެކި މީހުން ގުޅިގެން ޖުމްލަ 23،088 މީހުން ހިމެނޭހެން ފޯމް ހުށަހެޅި ކަމުގައެވެ. އޭގެ ތެރެއިން ޝަރުތު ހަމަވެފައިވަނީ 12،794 ފޯމް ކަމަށާއި އެއީ 19،858 މީހުން ކަމަށް ބުނެފައިވެއެވެ. ޝަރުތު ހަމަވެފައިވާ ފަރާތްތަކުގެ ތެރެއިން ވަކިން ފޯމް ހުށައަޅާފައިވާ ފަރާތްތަކަށް ޖޮއިންޓްވުމުގެ ފުރުސަތުވެސް ޕްލޭނިން މިނިސްޓްރީން ވަނީ ދީފައެވެ.

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް