ads
ޝޭހް އިމްރާން
އަޅުގަނޑުމެން މުޒާހަރާ ކުރަން މާ މޮޅުވާނެ، މާ އަޑު ވެސް ގަދަވާނެ: އިމްރާން
ރައީސާއެކު މާ ބޮޑު ޓީމެއް އެބައޮތް ކަމަށާއި އަދި އަޅުގަނޑުމެން މާ ބާރަށް މުޒާހަރާ ކޮށް މާ އަޑުގަދަވާނެ ކަމަށާއި އެހެންނަމަވެސް މިތިބީ އެގޮތަށް އެކަން ކުރާކަށް ނޫން ކަމަށް އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިކަމަށް އިޝާރަތްކުރައްވައި އެމްޑީޕީގެ ދިއްގަރު ހަރުގޭގައި ބޭއްވި "އުފާވެރި އަމާން ރާއްޖެ" ކެމްޕޭން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އިމްރާން ވިދާޅުވީ ވާދަވެރިން ދެއްކި މަންޒަރަކީ ރާއްޖޭގެ މިއަދުގެ ހާލަތާ އެއްގޮތަކަށް ވެސް މުނާސަބު މަންޒަރެއް ނޫންކަމަށެވެ. އެއީ މާޒީވެ ގޮސްފައިވާ މަންޒަރެއް ކަމަށާއި، އިރާދަކުރެއްވިއްޔާ އަންނަން އޮތް ސަރުކާރުގައި މިކަން އިތުރަށް ސާބިތުކޮށްދޭނެ ކަމަށް އިމްރާން ވިދާޅުވިއެވެ.

"އަޅުގަނޑުމެން މާ ބާރަށް މުޒާހަރާ ކުރާނަން، މާ އަޑުގަދަވާނެ،" މުޒާހަރާތަކަށް އިޝާރަތްކުރައްވައި އިމްރާން ވިދާޅުވިއެވެ. 

އިމްރާން މިހެންވިދާޅުވީ ކެމްޕޭން ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު މ އަތޮޅަށް ވަޑައިގެންފައިވާއިރު، ބައެއް ރަށްރަށުން އިދިކޮޅު ފަރާތްތަކުން މުޒާހަރާ ކުރުމާއި ގުޅިގެންނެވެ.
މިގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ކެންޕޭނު ދަތުރުފުޅެއްގައި މ. އަތޮޅުގެ ރަށްތަކަށް ޒިޔާރަތް ކުރައްވަމުން ގެންދަވަނިކޮށް އިދިކޮޅު ޕީޕީއެމުން އެ ޕާޓީގެ ރައީސް ދޫކޮށްލުމަށް ގޮވާލާ މުލަކުގައި ވަނީ މުޒާހަރާކޮށްފައެވެ.

އިމްރާން އިތުރަށް ވިދާޅުވީ ރައީސް ސާލިހަކީ، ކުޑަ ރަށެއް ބޮޑު ރަށެއް ބެއްލެވުމެއްނެތި މަޝްރޫއުތައް ހިންގަވައިދެއްވާނެ ވެރިއެއް ކަމަށެވެ. މިހާތަނަށް މ އަތޮޅުގައި ހިންގާފައިވާ ގިނަ މަޝްރޫއުތަކުން ވެސް މިކަން ސާފުވާކަމަށް އިމްރާން ވިދާޅުވިއެވެ.

މ އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް ސޯލިހު މާދަމާ ވ އަތޮޅަށް ދަތުރު ފައްޓަވާނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް