ads
މިދިޔަ އަހަރު ބޭއްވި ޓޫރިޒަމް އެވޯޑް ހަފުލާގެ ތެރެއިން: އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު މި މަހުގެ ނިޔަލަށް ވަނީ އިތުރުކޮށްފައި - ފޮޓޯ:ރައީސް އޮފީސް
ޓޫރިޒަމް އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު މި މަހުގެ ނިޔަލަށް އިތުރުކޮށްފި
ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ މީހުންނާއި ވިޔަފާރިތަކުގެ އަގުވަޒަންކޮށް ދޭ 'މޯލްޑިވްސް ޓޫރިޒަމް އެވޯޑް' އަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފިއެވެ.
Advertisement

ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން މިދިޔަ ޖޫން މަހު މި ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 16 ވަނަ ދުވަހާ ހަމައަށެވެ. އެހެންނަމަވެސް މިހާރު އެ މުއްދަތު ވަނީ މި މަހުގެ ނިޔަލަށް އިތުރުކޮށްފައެވެ.

ފޯމު ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 31 ވާ ހޯމަ ދުވަހުގެ މެންދުރު 1:00 އާ ހަމައަށް ވަނީ އިތުރުކޮށްފައެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފައިވަނީ ވީހާވެސް ގިނަ ފަރާތްތަކަށް އެ ފުރުސަތު ފަހިކޮށްދިނުމަށް ކަމަށެވެ. 

މޯލްޑިވްސް ޓޫރިޒަމް އެވޯޑަކީ ކޮންމެ އަހަރަކުވެސް ދޭގޮތަށް ހަމަޖައްސައި ޓޫރިޒަމް މިނިސްޓްރީން މިދިޔަ އަހަރު ތައާރަފުކުރި އެވޯޑެކެވެ. މި އެވޯޑު ދިނުމުގެ މަގުސަދަކީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކާއި ދޭ ހިދުމަތުގެ އަގުވަޒަންކޮށް ރާއްޖޭގެ ބްރޭންޑް އިމޭޖް ދެމެހެއްޓުމަށް ކުރާ މަސައްކަތަށް ހިތްވަރު ދިނުމުގެ އިތުރުން ފަތުރުވެރިކަން ކުރާ ފަރާތްތަކުން މުޖުތަމައަށް ކޮށްދޭ ހިދުމަތްތަކުގެ އަގުވަޒަން ކުރުމެވެ.

މި އަހަރުގެ މޯލްޑިވްސް ޓޫރިޒަމް އެވޯޑު ބަހާލާފައިވަނީ ފަސް ކެޓަގަރީއަކަށެވެ. އެއީ:

  • ރިސޯޓުތަކުގެ ކެޓަގަރީ - މި ކެޓަގަރީން 16 އެވޯޑެއް ދިނުމަށް ވަނީ ހަމަޖެހިފައި
  • ގެސްޓްހައުސްތަކާއި ހޮޓާތަކުގެ ކެޓަގަރީ - މި ކެޓަގަރީން 15 އެވޯޑެއް ދޭނެ
  • ފަތުރުވެރިކަން ކުރާ އުޅަނދުފަހަރުގެ ކެޓަގަރީ: މި ކެޓަގަރީން 13 އެވޯޑެއް ދިނުމަށް ވަނީ ނިންމާފައި
  • ޓްރެވަލް އެޖެންސީތަކާއި ޑައިވް ސެންޓަރުތައް އަދި ވޯޓާ ސްޕޯޓްސް ސެންޓަރުތަކުގެ ކެޓަގަރީ - މި ކެޓަގަރީން 5 އެވޯޑެއް ދޭނެ
  • ޓޫރިޒަމް ދާއިރާއިން ފާހަގަކުރެވޭ ފަރާތްތަކަށް ހާއްސަ ކެޓަގަރީ - މި ކެޓަގަރީން 10 އެވޯޑެއް ދިނުމަށް ވަނީ ހަމަޖެހިފައި

އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ޓޫރިޒަމް މިނިސްޓްރީން ހުޅުވާލާފައިވަނީ އޮންލައިންކޮށް ފުރާ ފޯމެއް މެދުވެރިކޮށެވެ. 

މޯލްޑިވްސް ޓޫރިޒަމް އެވޯޑާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް އެދޭ ފަރާތްތަކުން ޓޫރިޒަމް މިނިސްޓްރީގެ [email protected] އަށް އީމެއިލް ކުރުމަށް އެ މިނިސްޓްރީން އެދެއެވެ.

މި އަހަރުގެ މޯލްޑިވްސް ޓޫރިޒަމް އެވޯޑު ހަފުލާ ބޭއްވުމަށް ހަމަޖެހިފައިވަނީ އޮކްޓޫބަރުގެ މަހުގެ ތިންވަނަ ދުވަހުއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް