ads
އީސީގެ މެންބަރުންނާއި އެކު އިންޑިއާ ހައިކޮމިޝަނަރު
އިންޑިޔަން ހައިކޮމިޝަނުން އިލެކްޝަންސް ކޮމިޝަނާއި ބައްދަލުކޮށްފި
އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ކޮމިޝަނަރު މުނު މަހާވަރު، އިލެކްޝަން ކޮމިޝަން(އީސީ)އާ ބައްދަލުކުރައްވައިފިއެވެ.

އެ ބައްދަލުވުމަކީ 9 ސެޕްޓެމްބަރުގައި އޮންނަ ރިޔާސީ އިންތިހާބު އޮބްޒާވް ކުރުމާ ގުޅޭ ގޮތުން އެ ކޮމިޝަނުގައި ކުރިއަށްދާ މަޝްވަރާ ބައްދަލުވުންތަކުގެ ތެރެއިން ބޭއްވި ބައްދަލުވުމެކެވެ.

އެ ބައްދަލުވުމުގައި އީސީގެ ރައީސް ފުވާދު ތައުފީގު ހިމެނޭހެން އެ ކޮމިޝަނުގެ ބައެއް މެމްބަރުން ބައިވެރިވިއެވެ.

ރިޔާސީ އިންތިހާބު އޮބްޒާވް ކުރުމާ ގުޅޭ ގޮތުން އެހެން ފަރާތްތަކާ އެކު ވެސް ބައްދަލުވުންތަކެއް އެ ކޮމިޝަނުގައި ދަނީ ބާއްވަމުން ނެވެ. އެގޮތުން، ކޮމަންވެލްތުން ވެސް މިއަދު އީސީގެ މެމްބަރުންނާ ވަނީ ބައްދަލުކޮށް މަޝްވަރާކޮށްފައެވެ.

އީސީން އޮތީ ރިޔާސީ އިންތިހާބު އޮބްޒާވްކުރަން 15 ގައުމަކަށް ދައުވަތު ފޮނުވައިފައެވެ. އޭގެ ތެރޭގައި އިންޑިއާއެއް ނުހިމެނެއެވެ.

މި އަހަރުގެ އިންތިހާބުގައި 8 ގައުމެއްގައި ވޯޓް ފޮށި ބަހައްޓާނެ އެވެ. އެއީ މަދުވެގެން 150 މީހުން ވޯޓްލާން ރަޖިސްޓްކުރި ގައުމުތަކެއްގައެވެ.

ރިޔާސީ އިންތިހާބަށް ކުރިމަތިލާން އަންނަ އާދިއްތަ ދުވަހު ހުޅުވާލާ އިރު، އެ ފުރުސަތު އަންނަ މަހު 7 އަށް ހަމަވާނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް