ads
ސިނަމާލެ ބުރިޖު ފޮޓޯ އައްޑޫލައިވް
ސިނަމާލެ ބްރިޖުގައި އެރޯ ޓްރެފިކް ލައިޓްތައް ހަރުކޮށްފި
ބުރިޖުގައި އެރޯ ޓްރެފިކް ލައިޓުތައް ހަރުކޮށްފިއެވެ.

މިލައިޓު ތަކަކީ ތީރުތަކަކުން ކުރިއަށް ދާންވީ ލޭނުތަކާއި ޓްރެފިކްގައި މަޑުކުރަންޖެހޭ ވަގުތު ދައްކުވައިދޭ ލައިޓްތަކެކެވެ.

" އެ ސަރަހައްދުން ދަތުރު ކުރާ އިރު، ލައިޓްތަކަށް ސަމާލުވެ، އެ ލައިޓްތަކުން އިރުޝާދުދޭ ގޮތެއްގެ މަތިން އަމަލު ކުރުމަށް ރައްޔިތުންނަށް އިލްތިމާސް ކުރަން،" ފުލުހުން މިއަދު ބުނެފައިވެއެވެ. 

އެރޯ ޓްރެފިކް ލައިޓަށް ބަދަލު ކުރީ މާލެއިން  ބްރިޖަށް އަރަން އޮންނަ ދިމާލުގައި ހުންނަ ޓްރެފިކް ލައިޓާއި ބްރިޖާއި ހަލި މަގު ގުޅޭ ހިސާބުގައި ހުންނަ ލައިޓެވެ.

ބުރިޖު ސަރަހައްދުގައި ޓްރެފިކް ބޮޑުވުމުން ކުރިން ފުލުހުން މެނުއަލްކޮށް ޓްރެފިކް ބަލަހައްޓައެވެ. ނަމަވެސް އަލަށް ހަރުކުރެވުނު ލައިޓްތަކާއެކު މި މައްސަލައަށް ހައްލެއް ލިނޭނެކަމަށް ބެލެވެއެވެ. 

20%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
80%
ވަރަށް ސަލާމް
ކޮމެންޓްސް