ads
އަލީ ހާފިޒް: ފޮތޯ އެމްއެންޔޫ
ހާފިޒު ހޮސްޕިޓަލަށް ގެންދިޔަ މީހުން ހޯދަނީ
މިދިޔަ ޖޫން މަހުގެ 28 ވަނަ ދުވަހު ފަތިސް ނަމާދުން ނުކުތްތަނުން އެކްސިޑެންޓުވެ އަނިޔާތަކެއް ލިބުނު ގައުމީ ޔުނިވާސިޓީގެ ލެކްޗަރާ އަލީ ހާފިޒް ހޮސްޕިޓަލަށް ގެންދިޔަ މީހުން ހޯދަން ފުލުހުން އިއުލާނުކޮށްފިއެވެ.
Advertisement

އެކްސިޑެންޓުގައި ހާޒިފަށް ސީރިއަސް އަނިޔާތެކެއް ލިބިފައިވާއިރު އޭނާ ވަނީ ގިނަބައެއްގެ އެހީތެރިކަމާއެކު އެއާ އެންބިއުލާންސެއްގައި އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ގެންގޮސްފައެވެ.

އޭނާ އެކްސިޑެންޓުވެ 40 ވަރަކަށް ފޫޓު ދުރަށް ވިއްސައިގެންގޮސް ސީރިއަސް އަނިޔާތަކެއް އެނާއަށް ވަނީ ލިބިފައެވެ. އޭނާއަށް ފަރުވާދެމުން ގެންދިޔައީ އޭޑީކޭގައެވެ. 

ސައިކަލު ދުއްވަން އިން 22 އަހަރުގެ ޒުވާނާއަށް ވެސް އެކްސިޑެންޓުގައި އަނިޔާތަކެއް ލިބުނެވެ. ސައިކަލު ދުއްވަން އިނީ ލައިސަންސު ނެތް މީހެއްކަމަށާއި، އެނާ މިއަދު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. 

މި މައްސަލައިގައި ފުލުހުން މިއަދު ބުނީ، މާލެ، މަޖީދީމަގު، ގަލޮޅު ދަނޑު ސަރަހައްދުން މަގު ހުރަސްކުރި މީހެއްގެ ގައިގައި ސައިކަލަކުން ޖެހި ހިނގި އެކްސިޑެންޓުގެ ތަހުގީގަށް ބޭނުންވާ ބައެއް މައުލޫމާތު ސާފުކުރުމަށް، އެ އެކްސިޑެންޓުގައި އަނިޔާވި މީހާ ހޮސްޕިޓަލަށް ގެންދިއުމުގައި އެހީތެރިވި މީހުން ހޯދަން ބޭނުންވާކަމަށެވެ.  

އަނިޔާވި މީހާއަށް އެހީތެރިވި މީހުން ނުވަތަ އެމީހުންނާ ގުޅޭ މައުލޫމާތު އެނގިލައްވާ ފަރާތެއް ވާނަމަ ގަލޮޅު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9631696 އަށް ގުޅުއްވައި މައުލޫމާތު ހިއްސާ ކުރުމަށް ވަނީ އެދިފައެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް