ads
ރޯއީ ކްރިޝްނާ މާޒިޔާއާ ދެކޮޅަށް ކުޅެނީ
މާޒިޔާކޮޅަށް ލަނޑުޖެހި ރޯއީ ކްރިޝްނާ އޮޑިއްޝާއަށް
އޭއެފްސީ ކަޕުގައި މިދިޔަ ދެ އަހަރުވެސް މާޒިޔާ ކޮޅަށް ލަނޑުޖެހި، ފިޖީގެ ގައުމީ ޓީމުގެ ކެޕްޓަން ރޮއީ ކްރިޝްނާ އިންޑިޔާގެ އޮޑިއްޝާ އެފްސީއަށް ބަދަލުވެއްޖެއެވެ.

އޭއެފްސީ ކަޕުގައި 2021 ވަނަ އަހަރު މާލޭގައި، އަދި މިދިޔަ އަހަރު އިންޑިޔާގައި މާޒިޔާ ކޮޅަށް ލަނޑުޖެހި، ރޮއީ ކްރިޝްނާ އަލަށް ބަދަލުވި އިންޑިޔާގެ އޮޑިއްޝާ އެފްސީއަކީ މިއަހަރުގެ އޭއެފްސީ ކަޕުގައި މާޒިޔާއާއެކު ދެކުނު އޭޝިއާ ގްރޫޕުން ޖާގަ ހޯދާފައިވާ ޓީމެކެވެ. 

ކުރިން އިންޑިޔާގެ މޯހަން ބަގާންއަށްވެސް ކުޅުނު ރޯއީ ކްރިޝްނާ އެންމެ ފަހުން ކުޅުނީ ބެންގަލޫރު އެފްސީއަށެވެ. އެއް އަހަރުގެ ކޮންޓްރެކްޓެއްގައި ބެންގަލޫރަށް ކުޅުމަށް ފަހު ކްރިޝްނާ އޮޑިއްޝާއަށް ބަދަލުވީ ހިލޭ ޓްރާންސްފާއެއްގައެވެ. 

މިދިޔަ އަހަރު އިންޑިޔާގެ ކަލްކަތާގައި މާޒިޔާއާ ދެކޮޅަށް ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު ކްރިޝްނާވަނީ އެ މެޗުގައި މޮޅު ކުޅުމެއް ކުޅެފައެވެ. އެ މެޗުން މޯހަން ބަގާން މޮޅުވީ ފަސް ލަނޑު ދެ ލަނޑުންނެވެ. އޭގެ ކުރީ އަހަރު މާލޭގައި މޯހަން ބަގާންއިން މާޒިޔާ ބަލިކުރިއިރުވެސް ރޯއީ ކްރިޝްނާ މޮޅު ކުޅުމެއް ކުޅެ، ލަނޑުވެސް ޖެހިއެވެ. 

ފިޖީގެ ގައުމީ ޓީމުގެވެސް ކެޕްޓަންކަން ކުރަމުން އަންނަ ކްރިޝްނާ މޯހަން ބަގާން ދޫކޮށް ވާދަވެރި ބެންގަލޫރު އެފްސީއަށް ބަދަލުވީ ދެހާސް ނަވާރަވަނަ އަހަރުން ފެށިގެން މޯހަން ބަގާންއަށް ކުޅުމަށް ފަހުއެވެ. އޭނާވަނީ އެ ޓީމަށް ތިރީސް ހަ ލަނޑު ޖަހާފައެވެ. ބެންގަލޫރުން ދެން އޭނާ އެ ބަދަލުވީ އޮޑިއްޝާއަށެވެ. 

އޭއެފްސީ ކަޕުގައި އޮޑިއްޝާ ކުޅޭ މިއީ ފުރަތަމަ ފަހަރެވެ. އޮޑިއްޝާގައި ރޯއީ ކްރިޝްނާއާއެކު ފޯވާޑު ލައިނުގައި ހިމެނޭނީ ބްރެޒިލްގެ ޔޫތު ގައުމީ ޓީމަށް ނޭމާއާ އެކު ކުޅުނު ފޯވާޑު ޑިއޭގޯ މޮރީޝިއޯ އެވެ. ޑިއޭގޯ މޮރީޝިއޯ ބްރެޒިލްގެ ނޭމާ އަދި ރޮނާލްޑީނިއޯއާއެކު ކުރިން ކުޅެފައެވެ. އިންޑިޔާގެ ހީރޯ ސުޕަރ ކަޕުގެ މޮޅު ކުޅުންތެރިޔާގެ މަގާމް މިދިޔަ އަހަރު ހޯދީ އޭނާއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް