މައުލޫމާތު ލިބިފައިވާގޮތުގައި ރާއްޖޭގައި ދިރިއުޅޭ މުއްސަންޖަކަކަށް އޮޅުވާލައިގެން ސަލްމާންހާގެ ޕްރޮޑަކްޝަން ހައުސްއިން ހަދަންއުޅޭ ފިލްމެއްކަމަށް ބުނެ އޭނާއަތުން ގިނަ އަދަދެއްގެ ފައިސާ ނެގުމަށް މަކަރުވެރި ގުރޫޕުން ވަނީ ރާވާފައެވެ. ނަމަވެސް އެއީ އޮޅުވާލައިގެން ކުރާކަމެއްކަން އެނާއަށް ރޭކާލީ ފައިސާ ދޫކުރަން ގިނަ ތައްޔާރީތަކެއް ވެފައިވަނިކޮށްކަމަށް ރިޕޯޓުތައް ބުނެއެވެ.
ސަލްމާންހާންގެ ނަމުގައި އޮޅުވާލައިގެން ފިލްމެއް ހަދަން ކަމަށްބުނެ ފައިސާ ހޯދަން މަސައްކަތް ކުރީ ދިވެއްސެއްގެ އަތުންކަމެއް ނުވަތަ ބޭރު މީހެއްގެ އަތުންކަމެއް އަދި ސާފެއް ނުވެއެވެ.
މިިދިޔަ ހަފްތާގެ ތެރޭގައި ފުލުހުންވެސް ވަނީ މަކަރާއި ހީލަތް ހެދުން އިތުރުވެފައިވަތީ ، އޮޅުވާލައިގެން ކުރާ ކޯލުތަކާއި، އެކިވާހަކަ ދައްކާ މީހުންނާމެދު ސަމާލުވުމަށް އެދިފައެވެ.
މިހަބަރު ފެތުރިފައިވަނިކޮށް ސަލްމާން ހާންވެސް ވަނީ އެނާގެ ނަމުގައި، ފޭކް ކާސްޓިން ކޯލްތަކެއް ކުރާކަން ކަށަވަރުކޮށްދީފައެވެ. އަދި އޭނަގެ ސޯޝަލް މީޑިއާއަށް ވެސް ވަނީ އެފައިން އަަމަލު ކުރާ މީހުންނަށް ގާނޫނީ ފިޔަވަޅު އަޅާނެކަމަށް ބުނެ އިންޒާރު ދީފައެވެ.
ސަލްމާން އޭނާގެ އިންސްޓަގްރާމް އެކައުންޓުގައި ބަޔާނެއް އާންމުކޮށްފައިވާއިރު، އޭނާ އާއި އޭނާގެ ޕްރޮޑަކްޝަން ކުންފުނި "ސަލްމާން ޚާން ފިލްމްސް" ވެސް މިވަގުތު އެއްވެސް ފިލްމަކަށް މަސައްކުރަމުން ނުދާކަމަށް ސަލްމާން ހާން ވަނީ ބުނެފައެވެ.
ސަލްމާން ހާންގެ ކުންފުނިން ކަމަށް ބުނެ އެއްވެސް މީހަކަށް އީމެއިލް ނުވަތަ ޓެކްސްޓް މެސެޖެއް ލިބުނަސް އެކަމަށް އިތުބާރުނުކުރަން ސަލްމާން ވަނީ އެދިފައވެ.
މިއީ ސަލްމާން ހާން އޭނާގެ ނަން ބޭނުންކޮށްގެން ސްކޭމަރުންގެ އިންޒާރު ދޭން ޖެހުނު ފުރަތަމަ ފަހަރު ނޫނެއެވެ. 2019 ވަނަ އަހަރު ވެސް އޭނާ ވަނީ މިފަދަ އިންޒާރެއް ދީފައެވެ.
ސަލްމާން ހާންގެ މި އިންޒާރަކީ އޮންލައިންކޮށް ޒާތީ މައުލޫމާތު ދިނުމުގައި ސަމާލުވާން ޖެހޭކަން ހަނދާންކޮށްދޭކަމެކެވެ. މަޝްހޫރު ފަރާތަކުން ނުވަތަ ކުންފުންޏަކުން ކަމަށް ބުނާ މީހަކު އީމެއިލް ނުވަތަ ޓެކްސްޓް މެސެޖެއް ލިބިއްޖެނަމަ ޖަވާބު ދިނުމުގެ ކުރިން އަބަދުވެސް ފޮނުވާ މީހާގެ އައިޑެންޓިޓީ ޔަގީން ކުރަން ޖެހެއެވެ.