ads
ރޮޒައިނާ އާދަމް: ފޮޓޯ އެމްޑީޕީ
ތަރައްގީގެ މަޝްރޫތައް ހިންގަން ފައިސާ ހުރީ ވައްކަން ނުކުރާތީ: ރޮޒައިނާ
ދިވެހިރާއްޖޭގައި ތަރައްގީގެ މަޝްރޫއުތައް ހިންގަން ފައިސާ ހުރީ ވައްކަންނުކޮށް ސަރުކާރުން އިހުލާސްތެރިކަމާއެކު ރަނގަޅަށް މަސައްކަތް ކުރާތީކަމަށް މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރޮޒައިނާ ނިސްބަތްވާ ދާއިރާ އައްޑޫ މީދޫގައި 700 މީހުންގެ ޖާގައިގެ މިސްކިތެއްގެ ބިންގާ އެޅުމުގެ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ހޯމަ ދުވަހު އޭނާ ވިދާޅުވީ، މިހާރު އޮތް ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ވައްކަން ކުރާ ނަމަ ކޮވިޑް-19 ގެ ބަލިމަޑުކަމަށްފަހު ރާއްޖެ ތަރައްގީ ނުވީސްކަމަށެވެ.

"ވައްކަން ކުރާނަމަ ރަށްތައް ތަރައްގީ ކުރަން ފައިސާއެއް ވެސް ނުހުންނާނެ. ސަރުކާރުން އަންނަނީ މުޅި ރާއްޖެ ތަރައްގީ ކުރަމުން. ހަމައެކަނި މާލޭގައި ކަމެއްކޮށްލަނީ ނޫން. ރަށްތައް ތަރައްގީ ކުރަން ފައިސާ ހުރީ ބަޔަކު ރަނގަޅަށް މަސައްކަތް ކުރާތީ،" -ރޮޒައިނާ-

އޭނާ ވިދާޅުވީ ސިޔާސީ ގޮތުން ވާހަކަ ދެއްކިއަސް، ހަގީގަތް ސާފުކޮށް ފެންނަން އޮތް ކަމަށެވެ. އަދި ރާއްޖޭ ދުށް އެންމެ އަމާން ފަސް އަހަރަކީ މި ފަސް އަހަރުކަމަށް ރޮޒައިނާ ވިދާޅުވިއެވެ. 

"މި ވެރިކަމުގައި އަބަދު ރައްޔިތުން މަގުމަތީގައި ތިބެން ނުޖެހޭނެ،" ކަމަށާއި އިދިކޮޅަށް ރައްޔިތުން މަގުމައްޗަށް ނުނެރެވެނީ އަނިޔާވެރިކަން ނެތުމުންކަމަށެވެ.
ރާއްޖޭގައި އިސްލާމިކް މިނިސްޓްރީން ބިނާކުރާ މިސްކިތްތައް ޑިޒައިންކުރަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ލަފާފުޅާ އެއްގޮތަކަށް ކަމަށް އެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތް އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ ވެސް ވިދާޅުވިއެވެ. 

75%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް