
ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނީ އެ ހޮސްޕިޓަލުގައި އެންސްޕާ އަދި ވިރަގެ ކައުންޓަރެއް ރަސްމީކޮށް ހުޅުވާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ.
އެ ކައުންޓަރު މެދުވެރިކޮށް ސިއްހީ ފަރުވާތަކަށް ސަރުކާރުގެ އެހީއަށް އެދޭ ފަރާތްތަކަށް މައުލޫމާތު ސާފުކޮށްދިނުމުގެ އިތުރުން ސަރުކާރުގެ ސިއްހީ ވެލްފެއަ ޕްރޮސެސްތައް ކުރިއަށްދާ ގޮތުގެ މައުލޫމާތު ލިބޭނެ ކަމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނެއެވެ.
އެންސްޕާ އާއި އާސަންދައިން ދެމުން އައި ހިދުމަތްތައް އެއް ފުރާޅެއްގެ ދަށަށް ގެންގޮސް މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ހިދުމަތް ދެމުން އަންނަނީ ވިރަގެ ނަމުގައެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުގައި ހުޅުވި ވިރަގެ ކައުންޓަރު - ފޮޓޯ:ޓްރީ ޓޮޕް ހޮސްޕިޓަލް
ޓްރީ ޓޮޕް ހޮސްޕިޓަލަކީ އާ ހިދުމަތްތައް ފަށައި، ޒަމާނީ ފެންވަރަށް ސިއްހީ ހިދުމަތް ފޯރުކޮށްދެމުން އަންނަ ހޮސްޕިޓަލެކެވެ. އެގޮތުން މިހާރުވެސް އެ ހޮސްޕިޓަލުން އަންނަނީ އެންމެފަހުގެ ވަސީލަތްތަކާ އެކު އާ ހިދުމަތްތައް ތައާރަފުކުރަމުންނެވެ.
އިތުރު މައުލޫމާތު ހޯދުމަށް 3351610 ގުޅުމަށް ނުވަތަ [email protected] އަށް އީމެއިލް ކުރުމަށް އެ ހޮސްޕިޓަލުން އެދެއެވެ.