ads
ބްރެޒިލްގެ ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ކުޅުންތެރިން
ބްރެޒިލްގެ މެޗުތައް ކުޅޭ ގަޑީގައި ސަރުކާރު އޮފީސްތައް ބަންދު ކުރަން ނިންމައިފި
އަންހެނުންގެ ފީފާ ވޯލްޑް ކަޕްގައި ބްރެޒިލްގެ ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ މެޗުތައް ކުޅޭ ގަޑީގައި، އެގައުމުގެ ސަރުކާރު އޮފީސްތައް ބަންދު ކުރަން ނިންމައިފިއެވެ.

އަންހެނުންގެ ވޯލްޑް ކަޕް 2023 ފެށުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ. މުބާރާތުގެ މެޗުތައް ކުރިއަށްދާނީ އޮސްޓްރޭލިއާ އާއު ނިއުޒިލެންޑުގައެވެ. މި މުބާރާތުގައި ބްރެޒިލްގެ ފުރަތަމަ މެޗު އޮތީ މިއަންނަ އަންގާރަ ދުވަހު، ޕެނަމާއާއި ދެކޮޅަށެވެ. 

ބްރެޒިލްގެ މިނިސްޓާ އޮފް މެނޭޖްމެންޓް ވިދާޅުވީ އެގައުމުގެ ގަޑިން ހެނދުނު 7:30 ގައި ބްރެޒިލްގެ މެޗުތައް އޮންނަ ދުވަސްތަކުގައި ސަރުކާރުގެ އޮފީސްތަކުގައި މަސައްކަތްކުރާ މުވައްޒަފުން ވަޒީފާއަށް ނުކުންނަން ޖެހޭނީ 11 ޖަހާއިރު ކަމަށެވެ. އަދި 8:00 ގައި މެޗު ކުޅޭ ދުވަސްތަކު ސަރުކާރު މުވައްޒަފުން ވަޒީފާއަށް ނުކުންނަން ޖެހޭނާ 12 ޖަހާއިރު ކަމަށެވެ. އެހެންކަމުން މުވައްޒަފުން ވަޒީފާއަށް ނުކުންނަން ޖެހޭނީ ކޮންމެ މެޗަކަށްފަހު ދެގަޑިއިރު ފަހުންނެވެ. 

ބްރެޒިލް އާއި ޕެނަމާގެ އިތުރުން ގްރޫޕް އެފްގައި ދެން ހިމެނެނީ ފްރާންސާއި ޖަމައިކާއެވެ. ދެވަނަ މެޗުގައި މި މަހުގެ 29 ވަނަ ދުވަހު ބްރެޒިލް ވާދަކުރަން ޖެހޭނީ ފްރާންސާއެވެ. އަދި ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި މިއަންނަ މަހުގެ ދެވަނަ ދުވަހު ބްރެޒިލް ވާދަކުރާނީ ޖަމައިކާއާއެވެ. 

ބްރެޒިލްގެ ޓީމު ވަނީ 2007 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ރަނާއަޕްކަން ހޯދާފައެވެ. ފައިނަލުގައި އެޓީމު ވަނީ ޖަރުމަނު އަތުން ބަލިވެފައެވެ. އޭގެ ފަހުން ކުޅުނު ދެ މުބާރާތުގައިވެސް އެޓީމު ކެޓީ ގަދަ 16 އިންނެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް