ads
ރާއްޖޭގެ 58 ވަނަ މިނިވަން ދުވަސް ފާހަގަކުރުމުގެ ގޮތުން ދިރާގުން ވަނީ ހާއްސަ ޕްރޮމޯޝަނެއް ފަށާފައި - ފޮޓޯ:ދިރާގު
މިނިވަން ދުވަސް ފާހަގަކުރުމަށް ދިރާގުން ހާއްސަ ޕްރޮމޯޝަނެއް
ރާއްޖޭގެ 58 ވަނަ މިނިވަން ދުވަސް ފާހަގަ ކުރުމުގެ ގޮތުން ދިވެހިރާއްޖޭގެ ގުޅުން (ދިރާގު) އިން ހާއްސަ ޕްރޮމޯޝަނެއް އިއުލާނު ކޮށްފިއެވެ.
Advertisement

ދިރާގުން ބުނީ މި ޕްރޮމޯޝަނުގެ މުއްދަތުގައި އެ ކުންފުނީގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް "މިނިވާ އުފާ އެޑް-އޮން" އެންމެ 99 ރުފިޔާއަށް އެކްޓިވޭޓްކޮށްލައިގެން އަންލިމިޓެޑް މޮބައިލް ޑޭޓާ 24 ގަޑިއިރަށް ލިބޭނެ ކަމަށެވެ. 

މީގެ އިތުރުން ގޭގައި ތިބެގެން ސްޓްރީމްކޮށް މުނިފޫހިފިލުވުމުގައި މި ޗުއްޓީ ހޭދަކުރާ ކަސްޓަމަރުންނަށް ފައިބަ ބްރޯޑްބޭންޑް ބޫސްޓާތައް އެކްޓިވޭޓްކޮށްލައިގެން ދެގުނަ ޑޭޓާ ލިބޭނެ ކަމަށް ދިރާގުން ބުނެއެވެ.

  • ފައިބަ ބްރޯޑްބޭންޑް ބޫސްޓާ 200 ޖީބީ - 200 ރުފިޔާ
  • ފައިބަ ބްރޯޑްބޭންޑް ބޫސްޓާ 300 ޖީބީ - 300 ރުފިޔާ

ދިރާގުން ބުނެފައިވަނީ މި ލިމިޓެޑް އޮފާތައް ކުރިއަށް ދާނީ މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން މި މަހުގެ ނިޔަލަށް ކަމަށެވެ. 

ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް ދިރާގު އެޕް މެދުވެރިކޮށް https://bit.ly/Dhiraagu-App ފަސޭހަކަމާ އެކު މި އެޑް-އޮން އެކްޓިވޭޓް ކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ. ދިރާގުން ބުނީ 343 އަށް 'UNL' ޖެހުމަށްފަހު އެސްއެމްއެސްކޮށްގެންވެސް މި އެޑް-އޮން ނެގޭނެ ކަމަށެވެ.

ދިރާގުން ބުނި ގޮތުގައި އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ތަފާތު ގިނަ އާ އޮފާތައް ހެޔޮއަގުގައި ކަސްޓަމަރުންނަށް ގެނެސްދިނުމަށް ކަމުގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް